ކޮވިޑް19 – ރާއްޖޭގައި ފިޔަވަޅުތައް ވަރުގަދަ ކުރަން ރައީސް މައުމޫން ގޮވާލައްވައިފި

ރައީސް މައުމޫން - ފޮޓޯ: ވަގުތު

ރާއްޖޭގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުންދާތީ, މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ކުރީގެ ރައީސް, މައުމޫން އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޮވިޑް ބަލި އޮތީ ކަންބޮޑުވާންޖެހޭ ހާލަތެއްގައި ކަމަށާއި ބަލިން ރައްކާތެރިވުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އެގޮތުން ކަމާ ބެހޭ އިދާރާތަކަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވާލައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ އަނެއްކާވެސް ކޭސްތައް އިތުރުވާން ފަށާފައި މިވަނީ، ދުވާލަކަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު 100 އިންވެސް ތިރިއަށް ދިޔުމަށް ފަހުގައެވެ. އެގޮތުން އިއްޔެ އެކަނިވެސް 300 އަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވާތީ، ހޮސްޕިޓަލްތަކުގައި އެޑްމެޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ އިތުރުވާން ފަށާފައެވެ.

ބަލީގެ ސަބަބުން އަތޮޅުތެރެއިންވެސް ގިނަ ރައްތަކެއް މޮނިޓަރިންގެ ހާލަތުގައި އޮތް އިރު، މާލެ ސަރަހަށްދުގައި އެޅި ގިނަ ފިޔަވަޅުތަކަށް ވަނީ ލުއިދީފައެވެ. އެގޮތުން ސުކޫލްތަކާއި ޕާކުތައް ހުޅުވާލުމާއި، ވަކި ގަޑިތަކެއްގައި މާލެ ސަރަހަށްދުގައި ހިންގި ކާފިއުވެސް މިހާރު ވަނީ އުވާލާފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް