
މާލޭގެ ތޮށްޖެހުމަށް އިތުރު ބޮޅެއް - 14 ބުރީގެ 2 އިމާރާތް އަޅަނީ
# ބޯހިޔާވަހިކަން# މާލެ# ފަހި ދިރިއުޅުން ކޯޕަރޭޝަންbig_ouXyD0pjMmISXfHYO3c66ByQg
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މާލޭގެ ދެ ސަރަހައްދެއްގައި 14 ބްރީގެ ދެ އިމާރާތް އެޅުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިއުލާންކޮށްފި އެވެ.

މި ދެ އިމާރާތް އެޅުމަށް ޝައުގުވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ވެސް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ފުރަތަމަ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ 231،073.78 އަކަފޫޓުގެ ބިމެއްގައި މާލޭގެ ބްލޮކް ނަމްބަރު 307 ގައެވެ. ދެވަނަ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ 173،229.56 އަކަފޫޓުގެ ބިމެއްގައި މާލޭގެ ބްލޮކް ނަމްބަރު 319 ގައެވެ.
ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ރަޖިސްޓްރީ ވާން ޖެހެ އެވެ. ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދީފައިވަނީ މިއަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ދެ އިމާރާތަށް ވަކި ވަކިން ޕްރޮޕޯސަލް ހުށަހަޅާނަމަ އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ދެ މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދިވެހި ކުންފުނިތަކުން 500،000 ރުފިޔާ އަދި ބޭރުގެ ކުންފުނިތަކުން 100،000 ޑޮލަރު ދައްކަން ޖެހެ އެވެ.
ގުޅުންހުރި

3 އަހަރުގެ ކުޑަކުއްޖަކަށް މެއިޑަކު އަނިޔާކުރި މައްސަލައެއް ބަލަނީ

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ތަމްރީނުތައްދޭން މަރުކަޒެއް އަޅަން ސޮއިކޮށްފި

އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އެޅުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި
