ގެއްލުމުގެ ބަދަލު ހޯދަން ޖަމީލްގެ ފަރާތުން ކޯޓަށް

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު

ރައްޔިތުންގެ މަޖިލީހުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަގާާމުން ވަކިކުރީ ލިބިދޭން ޖެހޭ ހައްގުތައް ނިގުޅައިގަނެފައި ކަމަށް ބުނެ ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލު ހޯދައިދޭން ޖަމީލްގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ މި މައްސަލައިގެ އަޑުއެހުމުގައި ޖަމީލްގެ ވަކީލް އަހްމަދު މުއިއްޒު ވިދާޅުވީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިޔައީ ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދުގައި ބަޔާން ކުރާ އިޖުރާއަތްތައް ކުރިއަށް ނުގެންގޮސް ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދަށް ގެނައި އެ އިސްލާހަކީ ޖަމީލަށް އަމާޒުކޮށް ގެނެވުނު އިސްލާހެކަމަށާއި ވަކި މީހަކަށް އަމާޒުކޮށް ގާނޫނާއި ގަވާއިދު އިސްލާހު ކުރުމަކީ ގާނޫނީ ހަމަ ހުއްްދަ ކުރާ ކަމެއް ނޫން ކަމަށް ޖަމީލްގެ ވަކީލް އަހްމަދު މުއިއްޒު ވިދާޅުވިއެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ޖަމީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔައީ ގާނޫނާާ ހިލާފަށް ކަމަށް ބުނެ ޖަމީލްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ މިދިޔަ އަހަރެވެ.

މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. މިއީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ މުޅި ބެންޗު ބަދަލު ކުރި ފަހުން އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ބެންޗުގައި ތިއްބަވައިގެން ބައްލަވާ ފުރަތަމަ މައްސަލައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް