logoEN
cocacola
 ހެއްކާއި ގަރީނާ ނެތުމުން އިކްރާމްގެ މައްސަލަ ފައިލްކޮށްފި

ހެއްކާއި ގަރީނާ ނެތުމުން އިކްރާމްގެ މައްސަލަ ފައިލްކޮށްފި

# އަލީ އިކްރާމް# ޖިންސީ ފުރައްސާރަ

އަލީ އިކްރާމް

މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އަލީ އިކްރާމްގެ މައްޗަށް ވަޒީފާގެ މާހައުލުން އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުުހުމަތުކޮށް، ފުލުހަށް ހުށަހަޅާފައިވާ ޖިންސީ ފުރުއްސާރައިގެ މައްސަލަ އެކަށީގެންވާ ހެއްކެއްނެތް ކަމަށް ބުނެ ނުބަލަން ނިންމާ ފައިލްކޮށްފި އެވެ.

ގޮސިޔާ

އެ މައްސަލަ ފައިލުކޮށް މައްސަލަ ނިމުނުގޮތުގެ ލިޔުން މިއަދު ވަނީ އިކުރާމަށް ފޮނުވާފައެވެ. އެ ލިޔުމުގައި ބުނެފައިވަނީ އިކުރާމުގެ މައްޗަށް ތުހުމަތު ކުރެވުނު "ޖިންސީ ފުރުއްސާރައިގެ މައްސަލަ ތަހުގީގަށް ފުލުހުންނަށް ހުށަހެޅިފައިވާ ކަންތަކަށާއި ވަށައިގެންވާ ކަންތަކަށް ބަލާއިރު ކުށުގެ އަމަލެއް ހިނގާފައިވާ ވަރުގެ ހެއްކާއި ގަރީނާއެއް ނެތްކަން ތަހުގީގަށް ފާހަގަވެފައިވާ" ކަމަށެވެ.

މޯލްޑިވްސް ގޭސްގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދެވި އިކްރާމް މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން އޮކްސިޖަން ސިލިންޑަރުތަކެއް މޯލްޑިވް ގޭސްއަށް ސަޕްލައި ކޮށްދިން ކުންފުނީގެ ހަރަދުގައި އިކްރާމް ސިންގަޕޫރަށް ދަތުރުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައްވެސް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބަލާފައިވެއެވެ.

އޮކްސިޖަން ސިލިންޑަރުތަކުގެ މައްސަލާގައި ކޮމިޓީއަށް ހާޒިރުކުރުމުން އިކްރާމް ވަނީ އެއީ ބަޔަކު އަޑީގައި ތިބެގެން އޭނާ ފްރޭމްކުރުމަށް ކުރިކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެ މައްސަލައާ ގުޅިގެން އެ ކުންފުނިން ހަދާފައިވާ އިންޓާނަލް އޮޑިޓް ރިޕޯޓްގައި ހުރި ވާހަކަތައް ވެސް ކޮމިޓީގައި އިކްރާމް ދޮގުކުރެއްވިއެވެ.

ފުލުހަށް ހުށަހަޅާފައިވާ އިކްރާމުގެ ޖިންސީ ފުރުއްސާރައިގެ މައްސަލަ އެކަށީގެންވާ ހެއްކެއްނެތް ކަމަށް ބުނެ ނުބަލަން ނިންމާ މިއަދު ފައިލްކޮށްފައިވާއިރު، މިއަދު ވަނީ މި ސަރުކާރުގެ ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރެއްގެ މަގާމުގައި ހުރެ ކުޑަކުދިންނަށާއި ޒުވާން އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުއްމަތު ކުރެވޭ އަހުމަދު ފަޒީލްގެ މައްސަލަވެސް ހެކި ނެތްކަމަށް ބުނެ ނުބަލަން ނިންމާ ފައިލްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ