logoEN
Sto top
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި

# ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް# އެމްއެމްޕީއާރުސީ ޚިޔާނާތް# ސުޕްރީމް ކޯޓު

44060327_305269940304665_7067253610509238272_n

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑްރިންގެ ތުހުމަތަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓަށް ބަލައިގެންފިއެވެ.

Wamco

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ފަސް ގާޒީންގެ އިއްތިފާގުން ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރެއްވީ ނޮވެމްބަރު 28، 2019 ގައެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުންވެސް ވަނީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކުރައްވާ ތުހުމަތުތައް އެމަނިކުފާނު އިންކާރު ކުރައްވައެވެ.

މި ޚިޔާނާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވެސް ދައުލަތުން އުފުލާފައިވެއެވެ. އެއީ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެކެވެ. މި ދައުވާތަކުގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން، އެމްއެމްޕީއާރުސީގެ ޚީޔާނާތުގެ ތަޙްޤީޤަށް މިހާރު ވެސް ދޭތެރެ ދޭތެރެއިން މާލެ ގެނެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އެމަނިކުފާނުގެ ބަޔާން ނަގައެވެ. އެންމެ ފަހުން މި ކަމަށް ޓަކައި އިއްޔެ ވަނީ އެމަނިކުފާނު މާލެ ގެނެސްފައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާ ދައުވާތަކަކީ ސިޔާސީ މަޤްޞަދެއްގައި އުފުލަމުންދާ ދައުވާތަކެއް ކަމަށް އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ޤަބޫލު ކުރެއެވެ. ރައީސް ޔާމީނަކީ މި ވަގުތު ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އެންމެ މަޤްބޫލް އެއް ސިޔާސީ ލީޑަރެވެ. އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްއާއި ސަޕޯޓަރުން ގެންދަނީ އެމަނިކުފާނު މިނިވަން ކުރުމަށް އިހްތިޖާޖްތައް ކުރަމުންނެވެ.

ރައީސް ޔާމީންގެ ސިއްޚީ ހާލުކޮޅަށް ރިއާޔަތްކޮށް އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދޭން ވެސް އެމަނިކުފާނުގެ އާއިލާގެ ފަރާތުން އެދިފައިވެއެވެ. އެހެން ނަމަވެސް ދައުލަތުން އެ ކަމަށް އަދި ވަކި ގޮތެއް ނުނިންމަވައެވެ. އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރައީސް ޔާމީނަށް ދެރަ ގޮތެއް ވިޔަ ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside