
.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)




large_156423526847FQy2
އިންޓަނޭޝަނަލް ޓީޓީގެ ޔޫތު ރޭންކިން، 15 އަހަރުން ދަށުގެ ކެޓަގަރީގެ ގަދަ 10ގައި ރާއްޖޭގެ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީޖާގަ ހޯދައިފިއެވެ.
އިންޓަނޭޝަނަލް ޓޭބަލްޓެނިސް ފެޑްރޭޝަނުން އާންމުކުރި ސިންގަލްސް ރޭންކިންގައި 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ރޭންކިންގައި ދީމާ އޮތީ އަށް ވަނައިގަ އެވެ. އެ ކެޓަގަރީގެ ރޭންކިންގެ އެއް ވަނަ ހޯދީ ޖަޕާންގެ މިވާ ހަރިމޯޓާ އެވެ.
ދީމާ އަށް ވަނައިގައި ހިމެނުނީ 1028 ޕޮއިންޓް ހޯދައިގެންނެވެ. ގަދަ 10 ގައި ހިމެނުނީ ދެކުނު އޭޝިއާގެ ދެ ކުޅުންތެރިންނެވެ. އެއީ ދީމާގެ އިތުރުން ރޭންކިންގެ ހަތް ވަނަ ހޯދި އިންޑިއާގެ ސުހާނާ ސައިނީ އެވެ.
2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެނުންގެ ހުރިހާ އިވެންޓަކުން ރަން މެޑަލް ހޯދި ދީމާ މިދިޔަ އަހަރު ތަމްރީންތައް ފުރިހަމަ ކުރީ ތައިލެންޑްގަ އެވެ. ސަރުކާރުން ދިން ފުރުސަތުގައި ތަމްރީންވެ ދީމާ ވަނީ ތައިލެންޑްގެ ޗޮންބުރީ ޕްރޮވިންސްގެ ޓީޓީ މުބާރާތުންވެސް ރިހި މެޑަލް ހޯދާފަ އެވެ.

.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)