logoEN
Sto top
ޝުޝާންތުގެ މަރާ ގުޅޭ ފިލްމު, "ނިޔާއި"ގެ ޓީޒަރ ދައްކާލައިފި

ޝުޝާންތުގެ މަރާ ގުޅޭ ފިލްމު, "ނިޔާއި"ގެ ޓީޒަރ ދައްކާލައިފި

ހުސެއިން

logo

4/14/2021, 4:48:51 PM

# ހޮޅުއަށި

Untitled-design-9-2

އަމިއްލަ ކޮޓަރީގައި ދަންޖެހިފައި ހުއްޓާ ފެނުނު, ބޮލީވުޑްގެ މަޝްހޫރު ތަރި, ޝުޝާންތު ސިންގް ރާޖްޕުތްގެ މަރާ ގުޅޭ ގޮތުން އުފައްދާ ފިލްމް, "ނިޔާއި" ގެ ޓީޒަރ ރިލީޒްކޮށްފިއެވެ.

Wamco

މިދިޔަ އަންގާރަ ދުވަހު ނެރުނު ޓީޒަރ ނެރުނު މި ފިލްމުގައި ދައްކުވައިދެނީ ސުޝާންތުގެ މަރާ ގުޅިގެން ޖަވާބު ނުދެވި ހުރި ސުވާލުތަކާއި ކަންކަމެވެ. ޒުބަރު ޚާނާއި ޝްރެޔާ ޝުކުލާ ފެނިގެންދާ މި ފިލުުމު ފެށެނީ މަޝްހޫރު އެކްޓަރަކު އޭނާގެ އެޕާޓްމަންޓުގައި އަމިއްލައަށް ދަންޖެހި މަރުވުމުގެ ޚަބަރާ އެކުގައެވެ. އަދި މަހިންދުރަ ސިންގްގެ ހަޔާތުގެ ބައެއް ކަންތައްތައް ވެސް ދައްކުވައިދެއެވެ.

މީގެ އިތުރުން މި މައްސަލަ ބެލުމުގައި ހަރަކާތްތެރިވާ އިންޑިޔާގެ އެންމެ ބޮޑު އެޖެންސީތަކުން މި މައްސަލައާއި ގުޅިގެން މަސައްކަތް ކުރަމުންދާ ގޮތް ވެސް ދައްކުވައިދެއެވެ. މަހިންދުރަ ސިންގްގެ މަރަކީ އަމިއްލައަށް މަރުވުން ތޯ ނުވަތަ ބަޔަކު ރާވާގެން މަރައިލައިފައިވާ މަރެއްތޯ ބެލުމަށް މި އެޖެންސީތަކުން ކުރާ މަސައްކަތްތައް ވެސް ދައްކުވައިދެއެވެ.

މި ފިލުމުގެ ޑައިރެކްޓަރ ދިލިޕް ގުލާޓީ ބުނެފައިވަނީ މި ފިލުމަކީ އަމިއްލައަށް މަރުވުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ނުހެދުމަށާއި އެހެން ވެސް ގޮތްތައް އޮތްކަން ދައްކައިދިނުމަށް ތައްޔާރު ކޮށްފައިވާ ފިލުމެކެވެ. އަދި މި ފިލުމަކީ ސުޝާންތުއަށާއި އޭނާގެ މަސައްކަތަށް ދެވޭ ޓްރިބިއުޓެއް ކަމަށް ވެސް ބުނެފައިވެއެވެ.

މި ފިލުމު އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside