logoEN
cocacola
ޒަކާތުގެ ފައިސާ ޖަމާކުރާނީ ފަގީރުންގެ އެކައުންޓަށް: އިސްލާމިކް މިނިސްޓަރ

ޒަކާތުގެ ފައިސާ ޖަމާކުރާނީ ފަގީރުންގެ އެކައުންޓަށް: އިސްލާމިކް މިނިސްޓަރ

# ފިތުރު ޒަކާތް

236320_3_7167683f6362d47b5ffca7d981ae44829bad0e5d

މިއަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާ ޒަކާތުގެ ފައިސާ ފަޤީރުންގެ އެކައުންޓަށް ޖަމާކުރުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިއަދު ޕީއެސްއެމް ނިއުސް ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ފަޤީރުންނަށް ބެހުމަށްފަހު އެމީހުންގެ އެކައުންޓްތަކަށް ޖަމާކުރުމުގެ އިންތިޒާމުތައް ހަމަޖައްސަވާފައިވާކަމަށެވެ. އަދި ނަގުދު ފައިސާ ދެއްކުމުގެ ބަދަލުގައި އޮންލައިންކޮށް ފައިސާދެއްކުމަށްވެސް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރުވެސް ފިތުރު ޒަކާތް ދެއްކުމަށްޓަކައި ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށެވެ. މިގޮތުން މިއަހަރުވެސް އޫރިދޫއާއި ދިރާގާއި ބޭންކް އޮފް މޯލްޑިވްސްގެ އިތުރަށް އިސްލާމިކް ބޭން މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން އިސްލާމިކް މިނިސްޓްރީއަށް ގޮސް ޒަކާތް ދެއްކޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ގޮވާމުން ޒަކާތް ދައްކާން ބޭނުންވާ ފަރާތްތަކަށް ރޯދަ މަހުގެ ފަހު ދިހައެއްގައި އެ ފުރުސަތުވެސް ހުޅުވާލާނެކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު އަންނަނީ ފަޤީރުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މާލޭގެ ފަޤީރުންގެ ވަގުތީ ލިސްޓް އެކުލަވާލާ ޝަކުވާ ހުށައެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ. އަދި އަތޮޅުތެރޭގެ ފަޤީރުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތް 10 ދުވަސް ތެރޭ ނިންމާ ރޯދަމަހުގެ 15ގެ ކުރިން ފައިނަލް ލިސްޓް އެކުލަވާލެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެގައުމެއްގައި އާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތްތަކުންނެވެ. އަދި އާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތުން ފިތުރު ޒަކާތް ދެއްކުމުގެ ބަދަލުގައި އެމިންވަރުގެ ގޮވާމުގެ އަގަށްވާ ނަގުދު ފައިސާއިންވެސް ފިތުރު ޒަކާތް ދައްކަމުންދެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ