logoEN
cocacola
ފިތުރު ޒަކާތުގެ ގޮތުގައި 7.8 މިލިއަން ރުފިޔާ

ފިތުރު ޒަކާތުގެ ގޮތުގައި 7.8 މިލިއަން ރުފިޔާ

އަލްފާ އަލީ

logo

5/12/2022, 2:39:51 PM

# އިސްލާމިކް މިނިސްޓްރީ# ފިތުރު ޒަކާތް

ax3a9622

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 7.8 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ގޮސިޔާ

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 2 އޭޕްރީލުން 1 މޭއާ ދެމެދު ހޭދަވި މި އަހަރުގެ ރޯދަ މަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު 7.8 މިލިއަން ރުފިޔާގެ ތެރޭގައި އޮންލައިންކޮށް އަދި މިނިސްޓްރީގެ ކައުންޓަރުތަކުން ބަލައިގަތް ފައިސާ ހިމެނޭ ކަމަށެވެ.

އެ ފައިސާގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ލިބުނު 7.4 މިލިއަން ރުފިޔާއާއި ފަގީރުން ނެތް ރަށްރަށުން ލިބުނު 450،373 ރުފިޔާ އެވެ.

މިނިސްޓްރީން ބުނީ މި އަހަރު ގޮވާމުގެ ބާވަތްތަކުން 11،399.45 ކިލޯ ލިބިފައިވާ ކަމަށެވެ. އަދި ސަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން 10،092 ކިލޯ ލިބިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް މިދިޔަ މަހުގެ 30 އިން ފެށިގެން ފިތުރު ޒަކާތް ބަހަން ފަށާފައި ވާއިރު، މި އަހަރުގެ ފަގީރުންގެ ލިސްޓުގައި ހިމެނެނީ 8،984 މީހުންނެވެ. މިދިޔަ އަހަރު އެ ލިސްޓުގައި ތިބީ 7،778 މީހުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ