
-
ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިތައް މޯލްޑިވްސް ޒަކާތު ހައުސްއިން އާއްމުކޮށްފިއެވެ.

އެހެން އަހަރުތަކޭވެސް އެއްފަދައިން މިއަހަރުވެސް އާއްމުންނަށް ފަސޭހައި ޒަކާތް ދެއްކޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. އެގޮތުން އޮންލައިން އެކި މަންސަތައް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ފިޠުރުޒަކާތް ބަލައިގަތުމުގެ ސުންގަޑިތައް
- ބަނޑޭރި ޕޭ ފިޔަވައި އެހެން ޕްލެޓްފޯމްތަކުންއޭޕްރީލް 6ވަނަ ދުވަހުގެ 23:59
- ބަނޑޭރިޕޭރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00
- އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ބެހެއްޓިފައިވާ ކައުންޓަރުތަކުންރަމަޟާންމަހުގެ ފަހު ދުވަހުގެ 14:00
- ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުންރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00
ޒަކާތާމެދު ހޭލުންތެރިކަން އުފައްދާ ޒަކާތް ބަލައިގަތުމުގެ މަސައްކަތް ހަރުދަނާކުރުމަށް ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް އުފައްދަވާފައެވެ.
ގުޅުންހުރި

ރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިއާގެ އައިއައިޔޫއެމްއާއި ދެމެދު އެއްބަސްވުމެއް!

މާލޭ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލެއް!

ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިޠުރުޒަކާތް ބަލައިގަންނަން ފަށަނީ
