logoEN
cocacola
ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު, ފިޠުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ

ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު, ފިޠުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ

އަލްފާ އަލީ

logo

4/3/2024, 12:23:03 PM

# މޯލްޑިވްސް ޒަކާތު ހައުސް# ފިތުރު ޒަކާތް

-

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ގޮސިޔާ

އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަސް ނިމުނު އިރު ފިތުރު ޒަކާތުގެ ގޮތުގައި 4,499,433 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޒަކާތުގެ ތަފްސީލް

އާދައިގެ ހަނޑޫ 760,668ރ

ތައިލެންޑް ހުދު ހަނޑޫ 211,960ރ

ރަތް ހަނޑޫ 59,200ރ

ބާސްމަތީ ހަނޑޫ (އާދައިގެ) 1,019,690ރ

ބާސްމަތީ ހަނޑޫ (މޮޅު) 948,900ރ

ބާސްމަތީ ހަނޑޫ (އެންމެ މޮޅު) 1,347,375ރ

އާދައިގެ ފުށް 59,840ރ

އާޓާ ފުށް 91,800ރ

ޒަކާތު ހައުސްއިން ވިދާޅުވީ، ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެކަމަށެވެ. ޢުމުރުން ދުވަސްވީ އަދި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް ޚާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ.

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ