logoEN
cocacola
ސާޖިއޯ ރާމޯސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ!

ސާޖިއޯ ރާމޯސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ!

# ކުޅިވަރު# ކޮވިޑް19# ސާޖިއޯ ރާމޯސް# ރެއާލް މެޑްރިޑް

1311150128.0

ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޮސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެ ޓީމުން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

ގޮސިޔާ

ރާމޯސް ކޮވިޑަށް ޕޮޒިޓިވް ވެފައި މިވަނީ އެންމެ ފަހުން އައި އިންޓަނޭޝަނަލް ބްރޭކުގައި ލިބުނު އަނިޔާއެކު ކުޅުމާ ދުރުގައި ހުއްޓައެވެ. އަދި ކުރިއަށް އޮތް 10 ދުވަހު ކަރަންޓީނުގައި ހުންނަަން ޖެހުމާއެކު އޭނާއަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާާރޓާ ފައިނަލުގެ ދެވަނަ ލެގުގައި ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗުގައިވެސް ނުކުޅެވޭނެއެވެ.

އެ ޓީމުގެ އިތުރު ކުޅުންތެރިއެއް ކަމަށްވާ ރަފޭލް ވެރާންވެސް ވަނީ މީގެ ހަފްތާއެއް ކުރިން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ރެއާލް މެޑްރިޑުން އެ ޓީމުގެ ކެޕްޓަން އަދި މުހިންމު ކުޅުންތެރިން ތަކެއް ނުލައި ބޮޑެތި މެޗުތަކެއް ކުޅެފައިވާއިރު އެ ޓީމުން ވަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެފައެވެ. އެގޮތުން ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ރެއާލުން ވަނީީ ލަލީގާ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ.

މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ރެެއާލް މެޑްރިޑާއެކު ރާމޯސް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާއިރު އޭނާ ރެއާލްގައި މަޑުކުރާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ