
ހުވަދޫގެ 5 ރަށެއްގައި ރިސޯޓު ތަރައްގީ ކުރަން ބިޑަށްލައިފި
# ފަތުރުވެރިކަން# ރިސޯޓު# ރިސޯޓު ތަރައްގީކުރުންރިސޯޓް
ހުވަދު އަތޮޅުގެ 6 ރަށެއްގައި ރިސޯޓު ތަރައްގީ ކުރަން ބިޑަށް ލައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި މުޅި ރާއްޖެއިން ޖުމްލަ 16 ރަށެއް ބިޑަށް ހުޅުވާލާފައި ވެއެވެ. އޭގެ ތެރޭގައި ހުވަދު އަތޮޅުގެ 5 ރަށެއް ހިމެނެއެވެ.
ރިސޯޓު ތަރައްގީކުރަން ހުވަދު އަތޮޅުން ބިޑަށް ލާފައިވާ ރަށްތައް:
ގއ. މާރެހާ
ގއ. ފުނަދޫވިލިގިއްލާ
ގދ. ކަނޑަހަލަގަލާ
ގދ. ކަނޑެވާރެހާ (ދިގުރެހާ އެކު)
ގދ. ފެރޭތަވިލިގިއްލާ (ދެކާނބާ, ކޮޑެރަޓާއި އިތުރު ރަށަކާއެކު)
އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ އެ ރަށްރަށުގައި ރިސޯޓު ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 29 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 10 ޖޫން 2021 ވާ ބުރާސްފަތި ދުވަހު 10:00 އަށް އެ މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 28 އޭޕްރިލް 2021 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރެއްވުމަށްވެސް އެދިފައިވެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
އައި.ޓީ.ބީ ބަރލިން 2025: ރާއްޖެއިން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އިތުރު އަޒުމެއް!

އަހަރުގެ ފުރަތަމަ ޓޫރިސްޓަކަށް ސްޕެއިންގެ މީހެއް: ރާއްޖެ އައި 11 ވަނަ ފަހަރު!

ރާއްޖެއަށް މިއަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަތުވެއްޖެ: މިއީ ރާއްޖޭގެ ތާރީހުގައިވެސް ރެކޯޑެއް!
