ޖަލަށްލީ ބޭރުގެ ނުފޫޒާއެކު, އެނބުރި އަންނާނީ މައުސޫމެއްގެ ގޮތުގައި – ރައީސް ޔާމީން

ކުރީގެ ރައީސް ޔާމިން އަބްދުލް ޤައްޔޫމް - ފޮޓޯ : އަވަސް

ކުރީގެ ރައީސް, އަބްދުالله ޔާމީން ޖަލަށް ލާފައިވަނީ ބޭއިންސާފުން, ބޭރުގެ ނުފޫޒާއެކު ކަމަށާއި, އެނބުރި ވަޑައިގަންނަވާނީ މައުސޫމެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ޗެނަލް 13ގައި އެމަނިކުފާނުގެ ދަރިކަލުން މެދުވެރިކޮށް ދިވެހި ރައްޔިތުންނާ ހަމައަށް ފޮނުއްވި ޚާއްސަ މެސެޖުގައެވެ. އެމަނިކިފާނު ވިދާޅުވީ  2013 އިން ފެށިގެން 2018 އާ ހަމައަށް އެމަނިކުފާނު ވެރިކަމުގައި ހުންނެވި ދުވަސްވަރު މަސައްކަތް ކުރައްވާފައިވަނީ އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ އިޤްތިޞާދެއް ބިނާ ކުރުމަށް ކަމަށެވެ. ނަމަވެސް އެ މަސައްކަތުގައި ދިިމާވި އެންމެ ބޮޑު ހުރަހެއްގެ ގޮތުގައި އޮތީ ބޭރުގެ ބައެއް ޤައުމުތަކުން ރާއްޖޭގެ ދާޚިލީ ކަންކަމާއި ދައުލަތުގެ ވަސީލަތްތަކުގެ މައްޗަށް ނުފޫޒު ފޯރުވުމަށް ކުރަމުން ދިޔަ މަސައްކަތާ ގުޅިގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންވިޔަސް އެ ކަމަށް އެއްވެސް ފުރުސަތެއް ނުދީ ޤައުމު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މީގެ ނަތީޖާއެއްގެ ގޮތުން، ވާދަވެރި ސިޔާސީ ފަރާތްތަކާއި އެ ފަރާތްތަކާ ވާގިވެރިވާ ބޭރުގެ ފަރާތްތަކާ ގުޅިގެން އަޅުގަނޑު ޖަލަށް ލުން، ބަވަނަ ވެފައިވާ ދުނިޔެއެއްގައި ކުޑަ ޖަޒީރާ ޤައުމަކަށް ހަމަ އިސްކޮށް ތެދުވެވޭނީ ވަރަށް ބުރަ މަސައްކަތް ކޮށްގެން ކަމަށް އަޅުގަނޑު ފުރަތަމަ ދުވަހުން ފެށިގެން ދަންނަވަމުން ދިޔައިން،" ރައީސް ޔާމީންގެ މެސެޖްގައިވެއެވެ

މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ފޮރުވައިގެން ގެންގުޅެނީ އެ ފިކުރު ދެކެ ބިރުން ކަމަށާއި، އަދި އެ ޕާޓީން އަމާން ދީފާނެ ކަމަށް ހީކޮށްގެން ކަމަށެވެ. އެ މެސެޖުގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނު ޖަލުގެ ކުޑަގޮޅިން ރައްޔިތުންނާއި މި ބައްދަލު ކުރައްވަނީ ގައުމުގެ ހާލަތާއި މެދު ކަންބޮޑުވެ ދެރަވާ ހާލުގައި ކަމަށެވެ.

"ތިޔަ ލޮބުވެތި ރައްޔިތުންނާއި މާ ދުރުގައި އަޅުގަނޑު އެކަހެރިކޮށްގެން މި ގެންގުޅެނީ އެބޭފުޅުން މި ފިކުރު ދެކެ ބިރުންނެވެ. އަޅުގަނޑުމެންގެ ހިތްވަރި ބަލިކޮށްލެވިދާނެކަމަށެވެ. އަޅުގަނޑުމެން އަމާން ދީފާނެ ކަމުގެ ފިނޑި ހިޔާލުގައެވެ". ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށާއި، ބޮޑެތި ނުފޫޒުތަކުގެ އަޅުވެތިކުރުމުގެ ފަަލްސަފާގެ ދެކޮޅު ވެގެން ކަމަށެވެ.

"ޕީޕީއެމް ޕީއެންސީގެ ފިކުރަކީ އެއީ، މިއީ ގައުމީ ފިކުރެވެ. މި ފިކުރުގެ ރައްޔިތުންގެ ލޭ ހިނގާހާ ހިނދަކު މި ގައުމަށް ވާނެއެއްޗެއް ވާން ދޫކޮށްލާނެ ކަންކަން އަޅުގަނޑަށް ޔަގީނެވެ". ރައީސް ޔާމީން ދެއްވި މެސެޖުގައި ވެއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ޖަލުން މިނިވަންވެ ރައްޔިތުންނަށް ބައްދަލުކުރައްވާނީ މައުސޫމް މީހެއްގެ ގޮތުގައެވެ. އަދި އެދުމަކީ ޕީޕީއެމްގެ ބަދަހި ލަޝްކަރު ކުރިއަށް ދިއުން ކަމަށާއި، ރާއްޖެއަށް ނަފާވެރިކަން ގެނެސްދޭނީ މި ފިކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހުރިހާ ބޭފުޅުންވެސް ހިތްވަރު ކުރައްވާ ގަދައަޅާ މަސައްކަތް ކުރައްްވާށެވެ. އަޅުގަނޑުމެން އެނބުރި އަންނާނީ ބަދަހިކޮށެވެ." ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖް ނިންމަވާލައްވަމުން ވަނީ، ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވުމަށް ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް