logoEN
Sto top
ކޫއްޑޫ ބަނދަރު ހެދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

ކޫއްޑޫ ބަނދަރު ހެދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަޙްމަދު ޖަމީލު

logo

4/6/2021, 3:10:48 PM

# ކޫއްޑޫ

kooddoo

ކޫއްޑޫ ބަނދަރު ހެދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Wamco

މަސްވެރިކަމުގައި ބޭނުންކުރަމުން އަންނަ ދެ ރަށް ކަމަށްވާ ކޫއްޑޫގެ އިތުރުން ކަނޑުއޮތްގިރީގެ ބަނދަރު ހެދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

މި މަޝްރޫއު ހިންގަނީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުންނެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވި ގޮތުގައި މި ބީލަންތަކުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގެ އާއި ސައުދީ އަރަބިއްޔާގެ ކުންފުނިތަކަށެވެ. އަދި ދިވެހި ކުންފުނިތަކަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ވާންޖެހެއެވެ. ސައުދީ ކުންފުނިތަކުން އެ ގަވާއިދުގައި ބީލަމުގެ މަރުހަލާގައި ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް، ސައުދީ ކުންފުނިތަކުން އެ ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅަން ވާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ ގަވާއިދުގެ އިތުރުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާނެކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެއްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަސައްކަތް ކުރުމަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށްދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ 'ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް' އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ބަލައިގަންނާނީ އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް މެދުވެރިކޮށެވެ.

ކޫއްޑޫއާއި ކަނޑޮއޮތްގިރިއަކީ މަސްވެރިކަމުގައި ބޭނުންކުރަމުންއަންނަ ދެރަށެވެ. މި ދެރަށުގެ ބަނދަރު ހެދުމުގެ ސަބަބުން މަސްވެރިންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside