
l_2021_07_06_022226_9ieg84b27czmufhryvdx5aqo3pnwlk6sj1t_EN_
ޙައްޖު ދުވަހުން ފެށިގެން މިނިވަން ދުވަހާ ހަމައަށް މިފްކޯގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްނުގަންނާނެކަމަށް އެކުންފުނިން ބުނެފިއެވެ.

މިފްކޯއިން މިއަދު ބުނީ، ޙައްޖު ދުވަހާއި ޢީދު ބަންދު އަދި މިނިވަން ދުވަހާ ގުޅިގެން މިފްކޯގެ ސެންޓަރުތަކާއި ބޯޓުފަހަރަސް މަސްނުގަންނާނެކަމަށެވެ. އެގޮތުން ޙައްޖު ދުވަހާއި، ޢީދުވަހާއި، ޢީދު ދުވަހުގެ މުނާސަބަތުގައި ބަންދު ދުވަސްތަކުގެ އިތުރުން މިނިވަން ދުވަހުވެސް މަސްނުގަންނާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މިފްކޯއަށް މަސްނުގަންނާނެ ދުވަސްތައް:
19 ޖުލައި 2021 (ހޯމަ) - ޙައްޖު ދުވަސް
20 ޖުލައި 2021 (އަންގާރަ) - ޢީދު ދުވަސް
21 ޖުލައި 2021 (ބުދަ) - ޢީދު ދުވަހުގެ މުނާސަބަތުގައި
22 ޖުލައި 2021 (ބުރާސްފަތި) - ޢީދު ދުވަހުގެ މުނާސަބަތުގައި
26 ޖުލައި 2021 (ހޯމަ) - މިނިވަން ދުވަސް
މިފްކޯގެ އިސް ވެރިއެއް ކަމަށްވާ އަހުމަދު ޒާހިރު ވިދާޅުވިގޮތުގައި މަސް ކިރުމުގެ މަސައްކަތް ކޫއްޑޫ ބަނދަރުގައި އޮންނަ ބޯޓަކުން ކުރެއެވެ. އަދި ހުވަދު އަތޮޅުގައި ގާއިމް ކޮށްފައިވާ ހަތަރު އައިސްޕްލާންޓުން ދަތި ކަމެއްނެތި އައިސް ލިބެމުންދާނެ ކަމަށާއި ކޫއްޑޫ ބަންދު ނަމަވެސް ދޯނި ފަހަރަށް އައިސް ލިބުމުގައި ދަތިކަމެއް ނާންނާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ކޫއްޑޫއަކީ ދެކުނުގެ މަސްވެރިން މަސް ކިރުވުމަށާއި އައިސް ހޯދަން އެންމެ ބޮޑަށް ބަރޯސާވާ އެއް ސެންޓަރެވެ. މިފްކޯގެ ފެކްޓަރީ އަކާއި އެއާޕޯޓަކާއި އަދި ރިސޯޓެއްގެ ގޮތުގައި ވެސް ހިންގަމުންދާ ކޫއްޑޫ މޮނިޓަރިންގައި އޮންނަތާ މިހާރު ދެމަސް ދުވަސް ވެއްޖެ އެވެ.
ގުޅުންހުރި

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ މާހައުލަށް އަންނަ ބަދަލުތަކަށް ހޭނުމަކީ މުހިންމު ކަމެއް - ޝިޔާމް

މަސްވެރީންގެ އަގުވަޒަން ކުރުމަކީ ގައުމީ ވާޖިބެއް - ރައީސް

މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ވޯލްޑް ބޭންކާއެކު މަޝްވަރާކޮށްފި
