logoEN
ކޮކާކޯލާ
އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގދ. ނަޑެއްލާ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް, އިނާޒް އަލީގެ ފަރާތުން "ގާފު މަންދޫބުން" ސެގްމެންޓުގައި ގެނެސްދޭ ލިޔުމެކެވެ. އަދި މިއީ ވިޔަފާރި އުސޫލުން "ގާފު" ގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.
އަބުޅޯ

ގދ. ނަޑެއްލާއަށް އަށް އުފަން, ޝަބްނަމީގެ އިނާޒް އަލީ އަކީ އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ނަޑެއްލާ ރައްޔިތުންނާ ގުޅޭ ޚުލްޤު ހެޔޮ އެކުވެރި ބޭފުޅެކެވެ. ލާމަރުކަޒީ ނިޒާމަށް ރާއްޖެ ނޭވާލި ފުރަތަމަ ފަހަރު ނަޑެއްލާ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވެ ތިން އަހަރުގެ މުއްދަތަކަށް ރައްޔިތުންނަށް ޚިދުމަތްވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ނަޑެއްލާ ރައްޔިތުންގެ ތާއިދާއެކު ނުކުމެ, ދަތި އުނދަގޫތަކާއެކުވެސް ކައުންސިލްގެ ރައީސް ކަމުގެ މަގާމުގައި ރަށާއި ރައްޔިތުންނަށް ފައިދާކުރަނިވި އެތައް މަސައްކަތެއް އިނާޒް ވަނީ ކޮށްދެއްވާފައެވެ.

ފުރަތަމަ ދައުރަށް ރަށު ކައުންސިލަަށް އިންތިޚާބުވެ ކައުންސިލްގެ ރައީސްކަމަށް ހޮވުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ ސަރުކާރުން ރައްޔިތުންގެ މާލިއްޔަތުގައި ހުރި ރައްޔިތުންގެ ފައިސާ އެކައުންޓްތައް ފުރީޒްކޮށް ނެގުމާ ގުޅިގެން ކައުންސިލުން ފައިސާގެ ދަތިކަމާއެކުވެސް ކައުންސިލަށް ލިބުނު މަދު އާމްދަނީން އޭރު ރަށަށް ކުރެވެންހުރި ކަންކަން އިނާޒު އެންމެ ފުރިހަމައަށް ކޮށްދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި އިންތިޚާބުގައި އަތޮޅު ކައުންސިލަށް އިންތިހާބުވި އަދި އަތޮޅު ކައުންސިލްގައި ރަށާއި ދާއިރާ އަދި މުޅިއަތޮޅަށް އަގުހުރި ޙިދުމަތްތަކެއް ކޮށްދެއްވި އިނާޒު އަލީގެ މޭސްތިރި ކަމުގައި އަތޮޅުގެ ގައްދޫ ފިޔަވާ ހުރިހާ ރަށެއްގެ ރައްޔިތުން ރަށުގައި ތިބެގެން ރަށުކައުންސިލުން އައިޑީ ކާޑު ހެދޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވިއެވެ.

މީގެ އިތުރުން ރަށުކައުންސިލްތަކަށް އަތޮޅު ކައުންސިލުން އޭރު ރަށްރަށުގެ ސުކޫލްތްކަށާއި، ކައުންސިލްތަކަށް އަތޮޅުކައުންސިލްގެ މާލީ ހާލަތު ތަންދިންދިން ވަރަކުން ދިޔައީ ފައިސާގެ އެހީ ފޯރުކޮށްދެމުންނެވެ. އަދި ނަޑެއްލާގައި އޭރު ސަރުކާރުންހިންގި ސުކޫލްގެ ފަސްކުލާސްރޫމާއި، ކައުންސިލް އާ އިމާރާތާއި، ބޭސްފިހާރައާއި، ސަހަރާގެ ވަށައި ފާރުގެ މަސައްކަތާއި، ކުނިކޮއްޓާއި، ފުޓްސަލްދަޑާއި، އަދި އެމްބިއުލާންސާއި، ރަށުގެ ކަރަންޓް ހާލަތު ރަނގަޅު ކުރުމަށް ގެނެވުނު ޖަނަރޭޓަރ ތައް ހޯދުމަށް ކުަރެވުނު މަސައްކަތުގައި ރަށުގެ އެންމެ އިސްދަރިއެއްގެ ހައިސިއްޔަތުންނާއި އަތޮޅު ކައުންސިލް ނައިބުރައީސްގެ ހައިސިއްޔަތުން ވަރަށް ބުރަ މަސައްކަތްތަކެއް އިނާޒުވަނީ ކޮށްދެއްފާއެވެ.

އެކަންކަން އެރަށު އެންމެންވެސް ބަލައި ގަނެއެވެ. އިނާޒަކީ ރޭވުންތެރި ލީޑަރެކެވެ. އޭގެ 9 އަހަރު ފަހުން އަނެއްކާވެސް ބޯމަތި ވެފައި މިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2021 ގައިވެސް އިނާޒު ވަނީ ނަޑެއްލާ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާފައެވެ. އިނާޒު ކުރިމަތިލެއްވީ އިދިކޮޅު ކޯލިޝަންގެ ޕީޕީއެމް ޓިކެޓުގައެވެ. ކުރިއަށް އޮތް ކައުންސިލްގެ ދައުރަށް އިންތިޚާބުވެއްޖެ ނަމަ އިނާޒު ހުންނެވީ ރައްޔިތުންގެ ހައްގުގައި, ރައްޔިތުން އެދޭ ގޮތަށް ރަށަށް ޚިދުމަތްތަކެއް ކޮށްދިނުމުގެ މަގްސަދުގައެވެ.

"އޭރު ކައުންސިލް ހިންގުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހުނު. އެ ދަތި އުނދަގޫތަކުގެ ތެރެއިންވެސް އަޅުގަނޑުމެން ކަންތައްތަކެއް ކޮށްދިނީމު. އެކަންތައްތައް ރައްޔިތުން ބަލައިވެސްގަތްމެ. އަޅުގަނޑު ބޭނުންވަނީ އެ ތިން އަހަރު ކުރެވުނު ކަންތައްތަކާއި އަޅުގަނޑު ކައުންސިލްގެ މެމްބަރުކަމުގަ ނެތި މިދިޔަ 6 އަހަރު ދުވަހު ކައުންސިލުންކޮށްދެއްވި ޚިދުމަތްތަކަށްވުރެ ރަނގަޅު ޚިދުމަތްތަކެއް އަޅުގަނޑަށް ޤަބޫލު ކުރެވޭ އަޅުގަނޑަށް ކޮށްދެވިދާނެ ކަމަށް." --- އިނާޒު ޢަލީ

އިނާޒު މިފަހަރު އެރަށު ކައުންސިލަށް ކުރިމަތި ލެއްވީ ލާމަރުކަޒީ ގާނޫނަށް ފަހުންމިގެނެވުނު ބަދަލާއެކު ކައުންސިލްތަކަށް ލިބިގެންދާ ފުރިހަމަ ބާރާއެކު ރައްޔިތުން ބޭނުންވާގޮތަށް މަސައްކަތް ކޮއްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަމާއެކުއެވެ. އަދި ރައްޔިތުން އެދޭގޮތަށް ކަން ކުރެވޭނެކަމަށް ގަބޫލް ކުރެވޭތީއެވެ. އިނާޒް ގެ ވިސްނުމުގައި ޒިންމާދާރު މަގާމެއް މީހަކާ ހަވާލު ކުރާއިރު އެމީހާއަކީ ރަށެއްގެ ރައްޔިތުންނާއިގެން އެރައްޔިތުންނަށް ޖަވާބުދާރީވެ މަސައްކަތްކުރެވޭނެ ވަރުގެ ވަރުގަދަ އަޒުމްހުރި މީއެއްތޯ ބަލަންޖެހެއެވެ.

"އެކަން ކުރެވޭނެ ޔަގީންކަން އަޅުގަނޑަށް އޮތީ މީގެ ކުރިން އެކަން ކުރެވޭނެ ކަން އަޅުގަނޑު ރައްޔިތުންނަށް ސާބިތުކޮށްދީފަ ވާތީ. އަޅުގަނޑުގެ ލީޑާޝިޕްގަ, ކައުންސިލެއްގެ ޓީމަކާއެކު މަސައްކަތްކޮށް ނަތީޖާ ނެރުމަށްޓަކައި ވަރަށް ރަނގަޅަށް މަސައްކަތް ކުރެވޭނެ,"

އިނާޒުގެ އެއް އަމާޒަކީ ކައުންސިލްގެ މަސައްކަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން، ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމެވެ. އެގޮތުން ކައުންސިލްގެ ސިޔާސަތުތަކާއި، އެ ސިޔާސަތުތަކާ ވިދިގެން ރަށުގައި ހިންގޭ މަޝްރޫޢުތަކާ ގުޅޭ ގޮތުން އުފެދޭ ސުވާލުތަކަށްވެސް ވަގުތުން ޖަވާބު އެރުވޭނެ ޤާބިލްކަން އިނާޒްގެ ކިބައިގައި އެބަހުއްޓެވެ.

"ރައްޔިތުންނަށް ޖަވާބުދާރީ ވުމުގަ، ރައްޔިތުންނާ ގާތުން ކަންތައްތައް ކުރުމުގަ، ރައްޔިތުނާ މަޝްވަރާ ކުރުމުގަ ފަސްނުޖެހޭނަން. އަދި އެއްވެސް ރައްޔިތަކަށް ކައުންސިލް ރައީސްގެ ކިބައިން ސާފު ކުރައްވަން ބޭނުންވާ މައުލޫމާތެއް ނުވަތަ ކައުންސިލުން ސާފުކުރަން ބޭނުންވާ މައުލުމާތެއް ނުލިބިއެއް ނުދާނެ. އެ ރައްޔިތަކަށް އޮޅުންފިލާގޮތަށް ހުރިހާ ކަމެއްވެސް ސާފުކޮށްދެވޭނެ. އެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް"

އިނާޒަކީ އިދިކޮޅު މައި ޕާޓީގެ ކެންޑިޑޭޓަކަށްވީ ނަމަވެސް ރަށަށް އަންނަން އޮތް އެއްވެސް ކުރިއެރުމަކަށް އިނާޒުގެ ލީޑާޝިޕްގައި ކޮޅުފައިން ނުޖަހާނެ އެވެ. އެކަމުގެ ޔަގީންކަން އިނާޒު ދެއްވައެވެ. އިނާޒު ބޭނުންވަނީ ސަރުކާރާވެސް ގުޅިގެން، ސަރުކާރުގެ ތެރެއިން ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ލިބެން ހުރި ފުރުސަތުތައް ހޯދައި އެ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހުންނަ ސިޔާސި ފިކުރު ތަފާތު ވުމަކީ އަޅުގަނޑުމެންގެ ރަށަށް ލިބެންޖެހޭ ކުރިއެރުމާއި ތަރައްގީއަށް ހުރަސް އެޅެންޖެހޭކަމެއް ކަމަށް އަޅުގަނޑު ނުދެކެން. އެހެންވީމާ އަޅުގަނޑު ޔަގީންކަން ދެން، ސަރުކާރާއި ގުޅިގެން އަދި ދާއިރާގެ މެމްބަރާ ގުޅިގެންވެސް ރައްޔިތުންގެ ހައްގުގަ ރައްޔިތުން އެދޭ ގޮތަށް އަޅުގަނޑު މަސައްކަތް ކޮށްދޭނަން،"

ސިޔާސީ މަސައްކަތުގައި ސަރުކާރުގެ އިދިކޮޅު ޕާޓީގެ މެމްބަރެއް ކަމުގައި ހުންނެވި ނަމަވެސް އިނާޒުގެ ވަޢުދަކީ، ވަކި ސިޔާސީ ޕާޓީއަކަށް އޭނާ ނިސްބަތްވި ނަމަވެސް ކައުންސިލްގެ ރައީސްކަމުގެ މަގާމުގައި ސިޔާސީ ފިކުރަށްވުރެ ބޮޑަށް ރައްޔިތުންގެ މަސްލަހަތު އިސްކުރާނެ ކަމެވެ. ސަރުކާރުން ދިނަސް، ކޮންމެ ފަރާތަކުން ދިނަސް އިނާޒުގެ އަމާޒަކީ ރަށުގެ ތަރައްގީއަށް ލިބޭ ކޮންމެ ފުރުސަތެއްގައިވެސް ހިފުމެވެ.

"ރަށަށް ލިބޭ ކުރިއެރުމެއް، ލިބެން ޖެހޭ އެއްޗެއް ހޯދުމަށްޓަކައި ގަދައަޅައި މަސައްކަތްކުރާނަމޭ. އަދި ސަރުކާރުން ވެފައި ހުންނަ ވައުދުތައް ރަށަށް ނުފުއްދި ހުންނަ ކަންތައްތައް ވެސް ކުރުމަށް ސަރުކާރުގަ އެދޭނަން. އެކަމުގެ ވާހަކަވެސް ދައްކާނަން. ރަސްމީކޮށް ކައުންސިލުން އެކަން ހުށަހަޅަންޖެހޭ ފަރާތްތަކަށްވެސް ހުށަހަޅާނަން. އަދި އެފަރާތްތަކުން ލިބޭ ޖަވާބުވެސް ރައްޔިތުންނާ ހަމައަށް ގެންގޮސްދޭނަން،"

އިނާޒަކީ ނަޑެއްލާއަށް ކިތަންމެހާވެސް ޚިދުމަތްތެރި ދަރިއެކެވެ. އިޖްތިމާއީ ގޮތުން ހިންގާ ޙަރަކާތްތަކުގައިވެސް ބައިވެރިވެ އަބަދުވެސް ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވާ މީހެކެވެ. އޯގާތެރިކަމާއެކު އަބަދުވެސް ރައްޔިތުންނާ މުޚާތަބްކުރާ އެންމެންގެ އިހްތިރާމް ލިބިގެންވާ ޝަހުސިއްޔަތެކެވެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިނާޒަށް ވޯޓު ދޭން ޖެހޭ ސަބަބުތައް ބައިވަރެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކީ އެއްވެސް ޖެހިލުމެއްނެތި ރައްޔިތުންގެ ހައްގުގަ ވަކާލާތު ކުރަން ކެރުމެވެ. ރައްޔިތުންގެ ހައްގުގައި ބަސް ބުނެވޭނެ މީހަކަށް ވާތީ އެވެ.

"އެއްވެސް މީހަކަށް ޖެހިލުމެއް ނުވާނެ، ބިރެއް ނުގަންނާނެ، ރައްޔިތުން އަޅުގަނޑު އިންތިޚާބު ކުރަނީ. އެހެންވީމަ އަޅުގަނޑު ސަރުކާރު ދެކެ ބިރެއް ނުގަންނާނެ. ރައްޔިތުން އެދޭ އެދުންތައް ސަރުކާރާ ހަމައަށް ފޯރުކޮށްދޭނަން. އަދި ލިބޭ ޖަވާބުވެސް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭނަން. އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން. އެއީ ސަރުކާރާ ދެކޮޅުވުމެއް ނޫން."

އިނާޒުގެ އިލްތިމާސަކީ ރައްުޔިތުންނަށް ޖަވާބުދާރީ ވެވޭނެ، ވާހަކަ ދެކެވޭނެ ރައީސެއް ނަޑެއްލާ ކައުންސިލަށް ގެންނަން ބޭނުންވާ ކަމަށްވާނަމަ އޭނާއަށް ވޯޓު ދިނުމެވެ. އިނާޒުގެ ކެންޑިޑޭޓް ނަމްބަރަކީ 05 އެވެ.

"އަޅުގަނޑަށް އިތުބާރު ކުރައްވާ، އަޅުގަނޑާމެދު އުއްމީދު ކުރައްވާ، އަޅުގަނޑަކީ ކޮންމެ ވަގުތަކުވެސް ރައްޔިތުންގެ ބަސް އިއްވުމަށްޓަކައި، ބިރުން ހުންނާނެ، ވާހަކަ ދައްކަން ނޭނގި ހުންނާނެ މީހެއް ނޫން. ކޮންމެ ތާކުވެސް ރައްޔިތުންގެ ހައްގުގަ ވަކާލާތު ކުރާނަން. ތި ބޭފުޅުންގެ މުސްތަގްބަލް އުޖާލާ ކުރާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ މޭސްތިރިކަމުގެ ދަށުން އަޅުގަނޑުމެންގެ މި ޓީމުން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑު ކޮށްދޭނަން،"

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ