
borris johnson
އެސްޓްރަނެކާ ވެކްސިން (ކޮވިޝީލްޑް) މިއަދު ޖައްސަވާނެ ކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ޔޫރަޕުގެ ގިނަ ގައުމުތަކުގައި ބޭނުންކުރުން މަނާކުރަމުން ގެންދާ ކޮވިޝިލްޑް ވެކްސިން މިއަދު ޖައްސަވާނެކަމަށް އިނގިރޭސި ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު ބޮރިސް ޖޯންސަން މި ވެކްސިން ޖެއްސެވުމަށް ނިންމީ އިއްޔެ ޔޫރަޕިއަން މެޑިކަލް އެޖެންސީގެ ސައިންޓިފިކް ހޯދުންތަކަށްފަހު އެ އެޖެންސީ އިން ނެރުނު ބަޔާނުގައި އެ ވެކްސިން އަކީ ރައްކާތެރިވެކްސިން އެއްކަމަށް ކަނޑައެޅުމުންނެވެ.
ޔޫރަޕުގެ ގިނަ ގައުމުތަކުން އެސްޓްރަޒެނެކާ ވެކްސިން ބޭނުންކުރުން މަނާކުރަމުން ގެންދަނީ، އެ ވެކްސިން ޖެހުމަށްފަހު ލޭގަނޑުވާކަމުގެ މައްސަލަތައް ދިމާވާކަމަށް ބުނެއެވެ. އެހެން ނަމަވެސް ޔޫރަޕިއަން މެޑިކަލް އެޖެންސީއާއި އެސްޓްރަޒެނެކާގެ އިތުރުން އެހެނިހެން އިދާރާތަކުންވެސް ވަނީ މި ވެކްސިން އާއި ލޭ ގަނޑުވުމާއި އެއްވެސް ގުޅުމެއް އޮތްކަމަށް މިހާތަނަށް ހޯދިފައި ނުވާކަމަށާއި، މި ވެކްސިން ބޭނުން ކުރުން ރައްކާތެރިކަމަށެވެ.