
ޔޫރަޕުގެ ބައެއް ގައުމުތަކުން ސަސްޕެންޑް ކުރި އެސްޓްރަޒެނެކާ ވެކްސިން އަލުން އެ ގައުމުތަކުގައި ދޭން ފަށަނީ
# ކޮވިޝީލްޑްITALY-HEALTH-VIRUS-VACCINE
ޔޫރަޕުގެ ބައެއް ގައުމުތަކުން ސަސްޕެންޑްކޮށްފައިވާ އެސްޓްރަޒެނެކާ ވެކްސިން އަލުން އެގައުމުތަކުގައި ބޭނުންކުރުމަށް ނިންމައިފިއެވެ.

ޔޫރަޕުގެ ބައެއް ގައުމުތަކުން އެސްޓްރަޒެނެކާ ވެކްސިން އެގައުމުތަކުގައި ބޭނުންކުރުން މަނާކުރީ ވެކްސިން ޖެހުމަށްފަހު ލޭގަނޑުވާ މައްސަލަތަކެއް މެދުވެރިވާކަމަށް ބުނެއެވެ. އެގޮތުން މިހާތަނަށްވެކްސިން ބޭނުންކުރުން އަލުން ފެށުމަށް ނިންމާފައިވަނީ އިޓަލީ، ފްރާންސް، ސްޕެއިންގެ އިތުރުން ސައިޕްރަސް އެވެ.
ޔޫރަޕުގެ ބައެއް ގައުމުތަކުން މަނާކުރި މި ވެކްސިން އަލުން ބޭނުންކުރުމަށް ނިންމީ ޔޫރަޕިއަން މެޑިކަލް އެޖެންސީއިން އެ ވެކްސިން ބޭނުންކުރުން ރައްކާތެރިކަމަށް ބުނުމުންނެވެ.
ޔޫރަޕިއަން މެޑިކަލް އެޖެންސީގެ އެގްޒެކެޓިވް ޑިރެކްޓަރު އެމާ ކޫކެ ވިދާޅުވިގޮތުގައި އެ އެޖެންސީ އިން ސައިންޓިފިކް ހުރިހާ ގޮތްތަކެއް ބަލާ ހޯދައި ނިންމީ އެ ވެކްސިން އަކީ ވަރަށް ރައްކާތެރި ވެކްސިންއެއް ކަމަށާއި ވެކްސިން ޖެހުމަށްފަހު ދިމާވެދާނެ ގެއްލުންތަކަށްވުރެ ފައިދާ މާ ބޮޑުކަމަށެވެ.
ރާއްޖެ ހިމެނޭގޮތައް ދުނިޔޭގެ 79 ގައުމެއްގައި ދަނީ އެސްޓްރަޒެނެކާ ވެކްސިން ބޭނުންކުރަމުންނެވެ.