ފަސް އަހަރުގެ ކުޑަކުއްޖަކު ރޭޕް ކުރުމަށްފަހު ކުދި ގަލުން ތަޅައި މަރާލައިފި

އަވަށްޓެރި އިންޑިއާގައި އުމުރުން ފަސް އަހަރުގެ ތުއްތު ކުއްޖަކު ރޭޕް ކުރުމަށްފަހު ކުދި ގަލުން ތަޅައި މަރާލައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އަންހެން ކުއްޖާއަކީ އެގައުމުގެ އޮޑިޝާ ސްޓޭޓުގެ ޚަރްޚާރީއަށް ނިސްބަތްވާ ކުއްޖެކެވެ. އަދި އެކުއްޖާ ގެއްލިގެން ހޯދަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަަމަށާއި ކުއްޖާ ފެނުނީ ހުކުރު ދުވަހު މަރުވެފައި އޮއްވާ ކަމަށެވެ. އަދި ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ އެ ސަރަހައްދުގެ ޖަންގައްޔެއްގެ ތެރެއިން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ އަމަލު ހިންގާފައިވަނީ އޮޑިޝާ ސްޓޭޓުގެ އިރުމަތީ ސަރަހައްދެއްގައެވެ.

އިންޑިއާގައި މިފަދަ ހާދިސާއެއް ފެންމަތިވެފައިވާއިރު އިންޑިއާ ވެފައިވަނީ ޒަމާނުއްސުރެ ރޭޕްގެ މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާ ގައުމެއްގެ ގޮތުގައެވެ. ކުޑަކުދިންނާއި ޒުވާން އަންހެން ކުދިން ރޭޕް ކުރުމަށްފަހު މަރާލާ ހާދިސާތައް އެގައުމުގައި ވަނީ ގިނަވެފައެވެ. އިންޑިއާގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 90 ރޭޕް ކޭސް ރިކޯޑު ކުރެވެއެވެ.

ހުކުރު ދުވަހުގެ މި ހާދިސާއާ ގުޅިގެން އަންހެން ކުއްޖާގެ އާއިލާއިން ބުނެފައިވަނީ އެކުއްޖާ މަރާލާފައިވަނީ ރޭޕް ކުރުމަށްފަހު, މީހުން ކައިރީ އެވާހަކަ ކިޔައިދީފާނެތީ ބިރުންނެވެ.

މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް އެގައުމުގެ ފުލުހުން ދަނީ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް