logoEN
ޕީއެންސީ 2
އެޕަލްގެ ‘9:41’ އިންގޭތަ؟

އެޕަލްގެ ‘9:41’ އިންގޭތަ؟

އަހުމަދު ޝުރާއު

logo

11/16/2020, 9:40:08 AM

0306421F-0434-4115-97B5-A22C9D4444F8

އެޕަލްއަކީ ދުނިޔޭގެ ސްމާޓްފޯން ވިޔަފާރީގައި އެންމެ ކުރިއަރަމުން އަންނަ ކުންފުންޏެވެ. މިކަމާއި ދެބަސްވާނެ ބަޔަކު މަދުވާނެއެވެ. އެޕަލްގެ ޕްރޮޑަކްޓް ލޯންޗިން ތަކަކީ އެއްމެންވެސް ވަރަށް ފޮލޯ ކުރާ އިވެންޓްތަކެކެވެ. އެގޮތުން އެންމެ ގިނަ ބައެއްގެ ލޯ އަމާޒުވެފައިވަނީ އެޕަލްގެ ފްލޭގްޝިޕް ފޯން އައިފޯންގެ ލޯންޗިންގް އިވެންޓްތަކަށެވެ. އެޕަލް އައިފޯން ވުޖޫދަށް އައި ދުވަހުއްސުރެ މިއަދާ ހަމައަށްވެސް ލޯންޗްކުރާ ކޮންމެ ފޯނަކުން ވެސް ބަދަލު ނުވާ އެއްކަމެއް އެބައޮތެވެ.

ޝަރީ 2024

އެޕަލްގެ ލޯންޗިންގްސް ތަކުގައި ބޭނުންކުރާ އައިފޯންގެ ލޯންޗިންގް ފޮޓޯތަކާއި ވީޑިއޯތަކުގައި ގަޑިއެއްގެ ގޮތުގައި ޑިސްޕްލޭއިން ދައްކަނީ 9:41 am އެވެ. މިކަން މިހެން ވާކަމަށް އެޕަލްއިން ބުނާ ސަބަބަކީ ދުނިޔެއަށް އަލަށް އައިފޯން ލޯންޗްކުރި ވަގުތަށް އެވަގުތު ވުމެވެ.

ދެހާސް ހަތްވަނަ ވަނަ އަހަރު އައިފޯންގެ ފުރަތަމަ އެޑިޝަން ދުނިޔެއަށް ދައްކާލީ އެކުންފުނީގެ އެއްބާނީ ކަމުގައިވާ ސްޓީވް ޖޮބްސް އެވެ. ސްޓީވް ޖޮބްސްއަށް މި ފޯނު ދުނިޔެއަށް ދައްކާލެވުނު ކަމަށް ވަނީ އެދުވަހު ހެދުނު 9:41 ގައެވެ. އެގޮތުން ފޯނު ދައްކާލުން 9:41 ކަށް ވީ ނަމަވެސް ސްޓީވްޖޮބްސް ދުނިޔެއަށް ފޯނު ރަސްމީކޮށް އިއުލާން ކޮށްލެވުނީ 9:42 ހިނގިތަނާހެނެވެ.

އެޕަލްއިން އޭގެ ފަހުން ބާޒާރަށް ނެރުނު ހުރިހާ ޕްރޮޑަކްޓެއްގައި ވެސް ޑިސްޕްލޭ ކުރެވުނު ވުގަތަކަށް ވީ 9:41 am އެވެ. އޭގެ ތެރޭގައި އެޕަލް މެކްބުކް، އައިޕޮޑް އަދި އެހެނިހެންވެސް ޕްރޮޑަކްޓްތައް ވެސް ހިމެނެއެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް އެޕަލްއިން އަންނަނީ ދުނިޔޭގެ ބާޒާރަށް މޮޅު ފޯނުތަކެއް ނެރެމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ