logoEN
Sto top
ބުންނަރު ސްޓޫޑިއޯގެ "ކޫދު ތިޔެެނެެ ލިހަކުން" - މުޖުތަމަޢަށް ދޫކޮށްލި އިބުރަތްތެެރި މެސެޖެއް

ބުންނަރު ސްޓޫޑިއޯގެ "ކޫދު ތިޔެެނެެ ލިހަކުން" - މުޖުތަމަޢަށް ދޫކޮށްލި އިބުރަތްތެެރި މެސެޖެއް

އަޙްމަދު ޖަމީލު

logo

11/15/2020, 8:54:01 PM

# ހޮޅުއަށި

125214381_3531593360270449_1313029308759764490_o

ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އެެއް މައްސަލައަކީ ކުށުގެ ވެށީގައި އުޅޭ ޒުވާނުންގެ އަދަދު. ގިނަވުމެވެ. އެފަދަ ޒުވާނުންނަށް ގިނަ ފަހަރު ވިސްނެެނީ ކުރެވޭ ކުށެއްގެެ ސަބަބުން ޝަރުޢީ ހުކުމެއެް އަންނަ ހިސާބުންނެވެ. އެހިސާބަށް ދަނީ ގިނަ ފަހަރު މަސްތުވާތަކެތީގެ ވަބާގެ ސަބަބުންނެެވެެ. މިއީ ރާއްޖޭގައި މިކަން އޮތް ގޮތެެވެ. ގައުމުގެ ޒުވާނުންނަކީ ހިންގުންތެެރި ބަޔަކަށް ހެދުމަށް ސަރުކާރުންނާއި އެކި ފަރާތްތަކުން މަސައްކަތް ކުރެއެވެ. މިފަހަރު ގދ. ތިނަދޫއަށް ނިސްބަތްވާ ޒުވާނުންތަކެއްެ އެކުވެގެން މިވަނީ އެފަދަ މަސައްކަތެއް ކޮށްފައެވެ. ވީޑިއޯ ލަވައެއްގެ ޒަރީޢާއިންނެވެެ.

Wamco

ގދ. ތިނަދޫއަށް ނިސްބަތްވާ ބުންނަރު ސްޓޫޑިއޯއިން ރޭ ނެރުނު "ކޫދު ތިޔެނެ ލިހަކުން" ލަވަ ރިލީސް ކުރިތާ ފުރަތަމަ ދެގަޑިއިރު ތެރޭ 8000 އަށްވުރެެ ގިނަ މީހުން ވަނީ ބަލާފައެވެ. އެެ ލަވައިގެ ވީިޑިއޯ ޑައިރެކްޓުކޮށް އެކުލަވާލާފައިވަނީ ތިނަދޫއަށް ނިސްބަތްވާ ހުނަރުވެރި ޓީމަކުންނެެވެ. އެއީ "ޗައްޕަލާ ސްޓޫޑިއޯ" އާއި "ފޮޓޯ މޯލްޑިވްސް" އެވެެ. އެ ލަވަ ޑައިރެކްޓުކޮށްފައިވަނީ ޓިކްޓޮކް އިން މަޝްހޫރުވި, ހުނަރުވެރި ކޮމީޑިއަން ހާޒިފް މުޙައްމަދު އެެވެެ. ލަވައިގެ ވީޑިއޯއިންވެސް ފެނިގެން ދަނީ ހާޒިފް އެެވެެ.

ހާޒިފްގެ ހުނަރުވެރި މަޖާ އެކްޓިންއާއެކު ލަވައިން ދައްކާފައިވަނީ މުޖުތަމައުގައި މަގު ގެއްލިދާ ޒުވާނުން އުޅޭ ގޮތްގަނޑެވެެ. ނަމަވެސް އޭނާގެ އަމިއްލަ ސްޓައިލަށް ފައްތައިގެން "ސަކަ" ގޮތަކަށެވެ. ވީޑިއޯ ނިމިގެން ދަނީ އޭނާ ކުރާ ކުށްތަކުގެެ ސަބަބުން ޖަލަށް ގޮސް, ހަ މަސްދުވަހުގެ ހުކުމެއް ތަންފީޒުކުރުމަށްފަހު އަލުން އެނބުރި މުޖުތަމައަށް އަންނަ ހިސާބުންނެވެެ. މުޖުތަމައަށް އޭނާ އެނބުރި އަންނަނީ އިސްލާހު ވެގެެންނެެވެ. އަދި ކުރިން ގެންގުޅުނު ގޯސް އެކުވެރިން ދޫކޮށްލާތަންވެސް ވީޑިއޯއިން ދައްކުވައިދެއެވެެ.

މި ލަވައިން ދޫކޮށްލި އެންމެ މުހިއްމު މެސެޖަކީ, ކުށުގެ ވެށިން ސަލާމަތްވުމަކީ އަމިއްލަ މަސައްކަތުން ކުރެވޭ ކަމެއް ކަމެވެ. އަދި ނުބައި މަގަށް ހެއްލިދަނީ ނުބައި އެކުވެރިންގެ ސަބަބުން ކަންވެސް މި ވީޑިއޯ ލަވައިން ދައްކުވައިދެއެވެެ.

މި ލަވައިގެ ޅެން ހަދާފައިވަނީ ޅެމާއި ލަވަ ހެދުމަށް ތިނަދޫގައި މަޝްހޫރު ފަރާތެއްކަމަށްވާ ޢަބްދުﷲ އަފީފް, އާންމު ނަމުންނަމަ އަފީފްބެއެވެ. މި ލަވައިގެ މިއުޒިކް ކޮމްޕޯސްކުރުމާއި، ވީޑިއޯ އެޑިޓިންގެ މަސައްކަތް ނިންމާލާފައިވަނީ ހަފްތާއެއްގެ ތެރޭގައެވެ.

ލަވައާއި ގުޅޭގޮތުން ގާފު އޮންލައިނާ ވާހަކަދައްކަމުން ބުންނަރު ސްޓޫޑިއޯގެ ވެރިޔާ ޢަބްދުލް ބާތިން މުޙައްމަދު ބުނީ އެ ލަވަ އަކީ މުޖުތަމައަށް ދޫކޮށްލި މެސެޖެއް ކަމަށެެވެ. އަދި ބުންނާރު ސްޓޫޑިއޯން ކުރިއަށް އޮތް ތަނުގައިވެސް ހުވަދޫ ބަހުން އެފަދަ ލަވަތައް ނެރެން ގަސްދުކޮށްފައިވާ ކަމަށް އޭނާ ބުންޏެެވެެ.

ބުންނަރު ސްޓޫޑިއޯގެ މި ލަވަ އަކީ ވީޑިއޯ ލަވައެއްގެ ގޮތުގައި އެ ސްޓޫޑިއޯއިން ނެރުނު ދެވަނަ ލަވައެވެ. އެ ސްޓޫޑިއޯއިން ފުރަތަމަ ނެރުނީ "މެންސާ މަދުއްރާ" އެވެ. އެެ ވީޑިއޯއަށްވެސް ގިނަ ބައެއްގެެ ސަމާލުކަން ލިބިފައިވެއެވެ. ރާއްޖޭގެ ނިސްބަތުން ގިނަ ބަޔަކު ވަނީ އެ ވީޑިއޯ ބަލާފައެވެ. މިހާތަނަށް އެ ވީޑިއޯ ބެެލި މީހުންގެ އަދަދު ވަނީ އެއް ލައްކައަށްވުރެ މައްޗަށް އަރާފައެވެ.

މިއަދު ނެރުނު ލަވަ ކިޔާފައިވަނީ ތިނަދޫގެ ދެ ލަވަކިޔުންތެރިންކަމަށްވާ ޝަފީޤާއި، މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން މަޤުބޫލުކަން ހޯދި މުޙައްމަދު ޒަލީފެވެ. ލަވައިގެ ވީޑިއޯއިން ފެންނަ ބައެއް މޫނުތަކަކީ ޓިކްޓޮކުން މަޝްހޫރުކަން ހޯދާފައިވާ ބައެއް މޫނުތަކެވެ.

ބާތިން ބުނިގޮތުގައި ބުންނަރު ސްޓޫޑިއޯއަކީ ފެށުނީއްސުރެއް އަބަދުވެސް ތިނަދޫ ބަހުރުވައަށް އިސްކަންދީގެން، ބަސް ކުރިއެރުވުމަށް ތަފާތު އުފެއްދުންތައް އުފައްދާ ސްޓޫޑިއޯއެއްކަމަށެވެ. މީގެ ކުރިންވެސް ތިނަދޫ ބަހުރުވައިން ލަވަތައް ތައްޔާރުކޮށްފައިވާކަމަށާއި، ކުރިއަށްއޮތްތާނގައިވެސް އެ މަސައްކަތް ކުރަމުންދާނެކަން ބާތިން ވަނީ ފާހަކޮށްފައެވެ. އަދި ތިނަދޫއަކީ ހުނަރުވެރި ޒުވާނުންތަކެއް އުޅޭ ރަށަކަށްވެފައި، ލަވައާއި މިއުޒިކަށް ލޯބިކުރާ ފަރާތްތަކާއި އެކްޓްކުރުން ފަދަ ކަންކަމަށް ޝަޢުގުހުރި ޒުވާނުންނަށް އެކި ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް އެ ސްޓޫޑިއޯގެ ވަރަށް ބޮޑު އަމާޒެއްކަމަށް ބާތިން ބުންޏެވެ.

ބާތިން ވަނީ އެ ލަވައަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ތިނަދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside