logoEN
Sto top
ހިލޭ ޑިގްރީ ޒުވާނުން، ތިޔަކަން ކުރިއަށްގެންދަން ބޭނުން ބޭނުންނަމަ ރައީސް ސޯލިހު އެއްބުރުން ހޮވައިދެއްވާ - އިމްރާން

ހިލޭ ޑިގްރީ ޒުވާނުން، ތިޔަކަން ކުރިއަށްގެންދަން ބޭނުން ބޭނުންނަމަ ރައީސް ސޯލިހު އެއްބުރުން ހޮވައިދެއްވާ - އިމްރާން

# ރިޔާސީ އިންތިޚާބު 2023

photo_2023-09-02 02.51.59

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް އެދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ބޭނުންނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު އެއްބުރުން ހޮވައިދެއްވުމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

Wamco

އިމްރާން މިފަދައިން ގޮވާލައްވާފައިވަނީ، އެމްޑީޕީން ރޭ މާލޭގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ - އުފާވެރި ބޮޑު ޖަލްސާ" ގައި ވާހަކަ ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވަނީ ކުރީގެ ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް މައުމޫނުގެ ވެރިކަމާއި ރައީސް ނަޝީދުގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ލާއިންސާނީ އަމަލުތަކުގެ ވާހަކަތައް އިމްރާން ފާހަގަކުރެއްވިއެވެ.

އަދި ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއަށްވެސް އިމްރާން ފާޑުވިދާޅުވިއެވެ. އެގޮތުން ޑރ މުއިއްޒުގެ ސިޔާސީ ހަޔާތް ފެށުނީ އަދާލަތު ޕާޓީން ކަމަށް ފާހަގަކުރައްވާ އިމްރާން ވިދާޅުވީ "މުއިއްޒުގެ ސިޔާސީ ވަރަ ފެޅީ އަދާލަތު ޕާޓީގެ ހާލީގައި އޮވެ ކައިގެން" ކަމަށެވެ.

އަދި އެދުވަސްވަރު އަދާލަތު ޕާޓީން ކުރަމުންދިޔަ ހުރިހާ ކަމަކާ މުއިއްޒު ހުންނެވީ ދެކޮޅަށް ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ވެރިކަން ބަދަލުވެގެން މަގާމުތައް ބަހަން ޖެހުމުން، ކުޑަކުއްޖަކު މަންމަ ކައިރީގައި އައިސް ރޯހެން އެމަނިކުފާނު ކައިރީގައި ރޮއޭގޮތަށް ވަޒީފާއެއް ހޯދަން އެދުނު ކަމަށެވެ.

އަދި އެމަނިކުފާނުގެ ޅަގޮނޑިއަށް ކެތް ނުކުރެވިގެން މުއިއްޒުއަށް މަގާމެއް ދިން ކަމަށާއި، ނަމަވެސް ރައީސް ޔާމީންގެ ވެރިކަން އައުމާއެކު މުއިއްޒު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ އަރިހަށް ގޮސް މިނިސްޓަރުކަމުގެ މަގާމު ހޯއްދެވި ކަމަށެވެ. އަދި އަދާލަތު ޕާޓީގައި ހުންނެވުމަށްފަހު ސިޔާމްގެ އެމްޑީއޭއަށް ދިޔައިރު އަންގާވެސް ނުލާކަން އިމްރާން ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside