
ފާރިސް އަކީ އަމިއްލަ ފައިދާއަށްޓަކައި ގައުމު ވިއްކާލާނެ މީހެއް ނޫން - ރައީސް މައުމޫން
# ރިޔާސީ އިންތިޚާބު 2023# އަހުމަދު ފާރިސް މައުމޫންMaumoon
އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް އަހުމަދު ފާރިސް މައުމޫން އަކީ އަމިއްލަ ފައިދާއަށްޓަކައި ގައުމު ވިއްކާލާނެ މީހެއް ނޫން ކަމަށް ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ވިދާޅުވީ، ފާރިސް އަކީ އަމިއްލަ ފައިދާއަށްޓަކައި ގައުމު ވިއްކާލާނެ މީހެއް ނޫން ކަމަށާއި، ދޮގުހަދާ މަކަރު ހަދާ އޮޅުވާލާނެ މީހެއްވެސް ނޫން ކަމަށެވެ.
އޭނާ ވާނީ އަބަދުވެސް ތެދުވެރިއަކަށް، އިޚްލާސްތެރިއަކަށް. މިކަން އަޅުގަނޑަށް ހަމަ ޔަގީން. އެހެންވީމަ އަޅުގަނޑު އެދެނީ، ދިވެހި ލޮބުވެތި ރައްޔިތުން އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގަ އޮންނަ ރިޔާސީ އިންތިޚާބުގަ ކެނޑިޑޭޓް ނަންބަރު 6 އަހުމަދު ފާރިސް މައުމޫނަށް ވޯޓު ދެއްވުން - ރައީސް މައުމޫން ވިދާޅުވިއެވެ.
ފާރިސްގެ ރިޔާސީ ކެމްޕެއިން ރޭ ރަސްމީކޮށް ފަށާފައިވާއިރު، އެމަނިކުފާނުގެ ސަރުކާރެއްގައި އެކުލަވާލައްވާނެ ސިޔާސަތުތައް ހިމެނޭ މެނިފެސްޓޯވެސް ވަނީ އިފްތިތާޙްކޮށްފައެވެ.
އިޖުތިމާޢީ އިޤްތިޞާދީ އަދި ދީނީގޮތުން ފާހަގަކުރެވޭ މުހިއްމުކަންކަމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފާރިސް މައުމޫންވަނީ އެކި ދާއިރާތަކުން ގެނެސްދެއްވާނެ ބޮޑެތި ބަދަލުތައް ހާމަކުރައްވާފައެވެ. ފާރިސް ވިދާޅުވީ ރާއްޖެ ރަނގަޅު މަގަކަށް އަނބުރާލުމަށްޓަކާ ކުރަންޖެހޭ ބައެއް ކަންތައްތައް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާނެކަމަށެވެ.
ފާރިސްގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި ޤައުމީއުފެއްދުންތެރިކަން އިތުރުކޮށް، ކުށްކުރާ މީހުން އިޞްލާހުކޮށް އަނބުރާ މުޖުތަމަޢުއަށް ނެރުމާއި، ޓެކްސްގެ ނިޒާމަށް ބަދަލުގެނެސް ލުއިފަސޭހަކުރުމާއި،ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުންފަދަ ކަންކަން ހިމަނާފައިވެއެވެ.
ގުޅުންހުރި

އެއަރޕޯޓް ތަރައްޤީކޮށް، މާވާރުލާއި ގައްދޫ ބުރިޖަކުން ގުޅާލާނަން - ނާޒިމް

ރިޔާސީ އިންތިޚާބު 2023: ވޯޓިންގ ބޫތު ހުންނަން ޖެހޭނީ، ވޯޓުލާ މީހާ އޮފިޝަލުންނާއި އޮބްޒާވަރުންނަށް ފުރަގަހުން ފެންނަ ގޮތަށް

ޔާމީންގެ ވެރިކަމުގައި ނުހައްގުން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވޭ - މުއިއްޒު
