logoEN
Sto top
ސިފައިންނާއި ފުލުހުންނަށް ހިލޭ ބޯހިޔާވަހިކަން ދޭނަން - ގާސިމް

ސިފައިންނާއި ފުލުހުންނަށް ހިލޭ ބޯހިޔާވަހިކަން ދޭނަން - ގާސިމް

އައިޝަތު އިފާޝާ

logo

8/13/2023, 7:00:05 AM

# ރިޔާސީ އިންތިޚާބު 2023

F3WR3uObAAAu_Jn

ސިފައިންނާއި ފުލުހުންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Wamco

އދ. މާމިގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ކޮންމެވެސް ވަރަކަށް ފްލެޓް އަޅާ ވާހަކަ އަބަދުވެސް އިވޭ ކަމަށާއި ނަމަވެސް އެކަން ހަގީގަތަކަށް ވާ މަންޒަރު ފެނިފައިނުވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ކޮންމެ ސިފައިންގެ މީހަކަށް ވެސް އެމީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަމެއް ފޯރުކޮށްދޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"މިގައުމު ސަލާމަތްކަމާއި އެކީގައި ދަމަހައްޓަން އަދި އެބަޔަކީ ގައުމު ސަލާމަތްކުރަން މޭ އައްޑަނައަކަށް ދިއްކޮށްލައިގެން ތިބޭ އެމްއެންޑީއެފްގެ ބޭފުޅުންނާއި، އަދުލުއިންސާފުގެ ކުރިމައްޗަށް މީހުން ގެންނަން ރެއާއި ދުވާލު މަސައްކަތްކުރާ ފުލުހުން، އެބޭފުޅުންނާ އެބޭފުޅުންގެ އާއިލާ ބިކަވަމުންދާ މަންޒަރު ފެނޭ. ސިފައިންނާ ފުލުހުންނަށް ފްލެޓް އާޅާ ވާހަކަ އަޑުއިވޭ. އެކަމަކު ހަވާލުކުރެވޭ ތަނެއް ނުފެނޭ ފަސް އަހަރުން ފަސް އަހަރުން ވެރިކަންތައް ނިމޭއިރުވެސް." - ޤާސިމް ވިދާޅުވިއެވެ.

ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަންކުރާނެ ގޮތް ހާމަކުރައްވަމުން ގާސިމް ވިދާޅުވީ މިހާރު ހުރި ބަންޑާރަކޮށީގެ އެއްބައި ހުސްކޮށްފައި ބައިތަކަށް ބަހާލައިގެން އިމާރާތް ކުރާނެ ކަމަށާއި އެގޮތުން 15 ބުރިއަށް އެތަން އިމާރާތް ކުރާނެ ކަމަށެވެ.

"ސިފައިންގެ ތެރޭގައި އެއްވެސް ބޯހިޔާވަހިކަމެއް ނެތް ބޭފުޅުންނަށް އެ ބޭފުޅުން މަގާމު އަދާކުރައްވާހާ ދުވަހަކު ދައުލަތުން އެ ހިދުމަތް އެ ބޭފުޅުންނަށް ލިބޭ ގޮތަށް، ކުއްޔެއް ދެއްކުމަކާއި ނުލާ ދޭނަން. ސިފައިންނެކޭ އެއްގޮތަށް ފުލުހުންނަށް ވެސް މި ހިދުމަތް ފޯރުކޮށްދޭން ގަސްދުކުރަން،" ގާސިމް ވިދާޅުވި އެވެ.

މީގެއިތުރުން މާލޭގައި ދިރިއުޅޭ ފަނޑިޔާރުންނަށް ވެސް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ރިޔާސީ ރޭހަށް ގާސިމް ނިކުންނަވާއިރު އޭނާގެ ރަނިންމޭޓަކީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުގައި ހުންނެވި އަމީން އިބްރާހިމް އެވެ.

ގާސިމް ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside