
F3G2RY0aMAgEomX
ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިހާތަނަށް ދެއްވާފައިވާ ހުރިހާ ސްޓޫޑެންޓް ލޯނެއް މާފުކޮށްދެއްވައިފި އެވެ.

ޖުމްހޫރީ ޕާޓިގެ މެނިފެސްޓޯ ލޯންޗުކުރުމަށް މިރޭ ބޭއްވު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި މާސްޓާސް ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދެއްވާނެ ކަމަށެވެ. އަދި މިހާރު ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުވެސް މާފުކޮށްދެއްވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ގާސިމް ވިދާޅުވީ، ވިލާ ފައުންޑޭޝަނުން ދޫކޮށްފައިވާ ހުރިހާ ސްޓޫޑެންޓް ލޯނެއްވެސް މާފުކޮށްދީފި ކަމަށެވެ. އަދި އެމަނިކުފާނަށް ވެރިކަން ލިބުނަސް ނުލިބުނަސް އެންމެ ކުއްޖަކުވެސް ބޮޑު ލާރިއެއް ދައްކާނެ ކަމެއް ނެތް ކަމަށެވެ.
ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ އަތުން ލޯނު ނަގާފައިވާ ދަރުވަރުންގެ ލޯނު މާފުކޮށްދިނީ، އެމަނިކުފާނުގެ ސަރުކާރެއްގައި މާސްޓާސްއާ ހަމައަށް ހިލޭ ކިޔަވައިދެއްވާއިރު އަމިއްލަފުޅަށް ލޯނު ދެއްވައިގެން ކިޔަވައިދިނުމަކީ ސިކުނޑި ގަބޫލުކުރެވޭ ކަމަކަށް ނުވާތީ ކަމަށެވެ.
ގުޅުންހުރި

އެއަރޕޯޓް ތަރައްޤީކޮށް، މާވާރުލާއި ގައްދޫ ބުރިޖަކުން ގުޅާލާނަން - ނާޒިމް

ރިޔާސީ އިންތިޚާބު 2023: ވޯޓިންގ ބޫތު ހުންނަން ޖެހޭނީ، ވޯޓުލާ މީހާ އޮފިޝަލުންނާއި އޮބްޒާވަރުންނަށް ފުރަގަހުން ފެންނަ ގޮތަށް

ޔާމީންގެ ވެރިކަމުގައި ނުހައްގުން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވޭ - މުއިއްޒު
