logoEN
Sto top
ގާސިމް އިބްރާހިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅައިފި

ގާސިމް އިބްރާހިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅައިފި

އައިޝަތު އިފާޝާ

logo

8/7/2023, 11:27:54 AM

# ރިޔާސީ އިންތިޚާބު 2023

F26E7p2bQAAlpWF

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ކެނޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

Wamco

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ގާސިމް އިބްރާހިމްގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.

ޤާސިމް އިބްރާހީމްގެ ކެންޑިޑެސީ ފޯމު ހުށައެޅުމަށް ވަޑައިގެންނެވިއިރު ޤާސިމްގެ އަރިހުގައި މިހާރު ޓްރާންސްޕޯޓް މިނިސްޓަރ އަދި އަނބިކަނބަލުން އައިޝަތު ނަހުލާއާއި، ރަނިންމޭޓް ޑރ އަމީން އިބްރާޙީމްވެސް ވަނީ ބައިވެރިވެޑައިގެންފައެވެ. ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ޑރ އަމީން ހަމަޖައްސަވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމް ހުށައެޅުއްވީ ގާސިމް އިބާރާހިމްއެވެ. އަދި މިފޯމާ ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ ފަސް ސިޔާސީ ޕާޓީއަކުން ވާދަކުރާއިރު އަމިއްލަ ގޮތުން 3 ފަރާތެއްވަނީ ވާދަކުރައްވާނެކަމަށް ހާމަކުރައްވާފައިވެ. ފޯމު ހުށައެޅުމުގެ ސުންގަޑި މިއަދުގެ 14:00 އަށް ހަމަވާނެއެވެ.

އިތުރު ތަފްސީލު އަންނަނީ...

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside