މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުވަދޫ އަތޮޅު ހިމެނޭހެން ޖުމްލަ 5 އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ހުދު ސަމާލު ނެރެފައި ވަނީ މިއަދު 15:00 ފެށިގެން 20:00 އާއި ހަމައަށެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި އެ ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެއެވެ.
މީގެ އިތުރުން މޫސުމާބެހޭ ގައުމީ އިދާރާ އިން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުުރުން އެކަށީގެންވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާާނެ ކަމަށް އެ އިދާރާއިން ލަފާކުރެވެއެވެ.
Post Views: 381