"ކޮނެޑެ ހަބުން ހާވަކަ ކެއްދީ ދޫކު ބޮކައިޔާ" މީ ކީކޭ؟

ގދ.ތިނަދޫ އަހަރު ތަކެއްގެ ކުރިން - ފޮޓޯ : ސަން

ރަސްމީކޮށް އިސްނާނުން ވާހަކަ ދައްކާ ބަސް ނޫން އެހެން ބަހަކުން، ނުވަތަ އަމިއްލަޔަށް އިޖާދުކުރާ ގޮތްތަކަކަށް ބަސް ބަދަލުކޮށްގެން ވާހަކަ ދެއްކުން މިއީ ވަރަށްވެސް ހުނަރުވެރި ކަމެކެވެ. ބޭނުންކުރުމަށް އަމިއްލައަށް ވަކިގޮތަކަށް ބަސްތައް ފަރުމާކޮށް، ވަކި އުޞޫލުތަކަކަށް ފައްތައިގެން ވަކި ގްރޫޕެއްގެ މެދުގައި މުޢާމަލާތްކުރުމަށް އަމިއްލަ ބަހެއްގެ ގޮތުގައި ނުވަތަ ބަހުރުވައެއްގެ ގޮތުގައި މިފަދަ އީޖާދީ ބަހެއް ބޭނުންކުރެވިދާނެއެވެ. މިފަދަ ބަހުރުވައަކުން ވާހަކަ ދެއްކުމުގެ ބޭނުމަކީ "ކޯޑު ވޯޑް" ތަކެއް ފަދައިން އެހެން މީހުންނަށް ނެގޭ ނަމަވެސް މިބަހުރުވަ ހަމައެކަނި ދަންނަ މީހުންނަށް އެގޭ "ކޯޑު" ތަކަކުން މުޢާމަލާތް ކުރުމެވެ.

ނުވަދިހައިގެ އަހަރުތަކުގައި ތިނަދޫ ޒުވާނުންގެ ތެރޭގައި އަމިއްލަ ބަހުރުވައެއް ތަޢާރަފްވެ، މަޝްހޫރުވެ ވައިގައި ހިފައި ބޭނުންކުރެވިފައިވެއެވެ. ހަމަ އެކަނި މި މިންވަރަށް ބުނެލުމުންވެސް މާޒީގެ ހަދާންތައް އާވެގެންދާނެ ތިނަދޫގެ ވަރަށް ގިނަ ބޭފުޅުން ތިއްބަވާނެކަމަށް ބެލެވެއެވެ. މި ބަހުރުވައިން ވަރަށް ފަރިތަކޮށް ވާހަކަ ދައްކަން އެނގޭ ގިނަ ބަޔަކު ތިނަދޫގައި ތިބުން އެކަށީގެންވެއެވެ. މިބަހުރުވަޔަށް ތިނަދޫގެ ޒުވާނުން "ނޮކެޑެ ބަހަ" ކިޔައެވެ. "ނޮކެޑެ" މާނައަކީ އިދިކޮޅެވެ. އެގޮތުން ހުވަދޫބަސް އިދިކޮޅަށް ބަދަލުކޮށްލައިގެން ވަކި އުޞޫލަކަށް ފައްތައިގެން ވާހަކަދެއްކުމަށް މިބަސް ބޭނުންކުރެވުނެވެ. މިލިޔުމުގެ ސުރުޚީ އެވަނީ މި ބަހުރުވައިން ލިޔެފައިވެ. "ކޮނެޑެ ހަބުން ހާވަކަ ކެއްދީ ދޫކު ބޮކައިޔާ" މީގެ ރަނގަޅު ގޮތަކީ "ނޮކޮޑެ ބަހުން ވާހަކަ ދެއްކީ ކޫދު ކޮބައިޔާ". "ނޮކޮޑެ" ބަހުން ވާހަކަ ދެއްކި ކުދިން ކޮބައިހެއްޔެވެ؟ އަދިވެސް އިތުރު ޑައިލޮގް ކޮޅެއް މިބަހުރުވައިން އިތުރުކޮށްލާނަމެވެ.

"ލަކޯ ތަ ތޮފާ ބޮކައި" – (ކަލޯ ތަ ފޮތާ ކޮބައި)

"މަ ވޮގަ ވޮގަ ޓުއްހައި ދެއެ ރޭގަން ބެއެގެ" – (މަ ގޮވަ ގޮވަ ހުއްޓައި އެދެ ގޭރަން އެބެގެ)

"ދުއްކާ ގަތެ ޕައްއެ ތަ ހަބޮވައި" – (ކުއްދާ ތަގެ އައްޕެ ތަ ބަހޮވައި)

ޑައިލޮގް ކޮޅު އަދި ސުރުޙީ ތަހުލީލުކޮށްލާއިރު، ލަފްޒު އާންމުކޮށް ބޭނުންކުރާގޮތާއި ތަފާތުކޮށްލުމަށް ލަފުޒުގެ އަކުރުތައް އިސްފަސްކޮއްފައި ވާކަން ފާހަގަ ކުރެވެއެވެ. ދެވަނަ އަކުރު ފުރަތަމަ އަކުރަށް ބަދަލުކުރެވުނު ނަމަވެސް އަކުރުތަކުގެ ފިލިތައް ބަދަލެއް ނުގެނެއެވެ. އަދި ހަމަ އެހެންމެ އެއް އަކުރު ހިމެނޭ ލަފުޒުތައް އެއްވެސް ބަދަލެއް ނުގެނެސް ހުރިގޮތަށް ބޭނުންކުރާކަން ފާހަގަކުރެވުނެވެ. ޤަބޫލުކުރެވޭ ގޮތުގައި ވަރަށް ފަސޭހައިން ކޮންމެ މީހަކަށްވެސް މިބަހުރުވަ ނުވަތ "ނޮކެޑެ ބަހަ" ދަސްކުރެވިދާނެއެވެ. މިވެސް ދަސްކޮށްލަން ސަޅި ބަހުރުވައެކެވެ. އިތުރު އެހީއެއް ބޭނުންވާނަމަ 35 އަހަރުގެ ތިނަދޫ މީހާކާއި ބައްދަލު ކޮށްލާށެވެ.

ކޮމެންޓް

One Response

  1. 90 ގެ އަހަރެތަކެގެ ކުރިއެން އަސް ނޮކޮޑެ ބަހުން ވާހަކަ ދައްކަތެ ތެނަދޫ ޒުވާނުންނެ. މާއްކޫ 89 ވަނެ އަހަރެގެ ކުރިޔޭ ތެނަދޫ ވޮންޑީ މީހެކެ. އެވޭލޭސް ޒުވާނުންނެ ނޮކޮޑެ ބަހުން ވާހަކަ ދައްކަތެ. މިހިދެ އުމުރުން 50 – 55 އަހަރެ ވެގެހޮތެއި މީހިންނާ ސުވާލެކޮޅަމެއި އެގެންނެއި. ރަގަޅެ މަސައްކަދެކެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް