
546F4E0E-7130-4CE0-9C0B-640D2E7EE30C
ލ.ގަމު ލިންކްރޯޑްގައި މިދިޔަ މަހުގެ 29ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބުނު ޒުވާނާ ނިޔާވެއްޖެއެވެ.

މިޒުވާނާ ނިޔާވީ އިތުރު ފަރުވާ ދިނުމަށްޓަކައި މާލެގެނެސް އައިޖީއެމްއެޗްގައި އިތުރުފަރުވާ ދެމުންދަނިކޮށެވެ. އުމުރުން 29 އަހަރުގެ ޒުވާނާ އެކްސިޑެންޓްވެފައިވަނީ ލިންކްރޯޑްގައި ޕާރކްކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެންކަމަށް މައުލޫމާތުލިބެއެވެ. މިޒުވާނާގެ ކަށުނަމާދު އޮތީ މިރޭގެ ފަތިސް ނަމާދަށްފަހުއެވެ.
ލ.ގަމު ލިންކްރޯޑްއަކީ މީގެ ކުރިންވެސް އެފަދަ އެތަކެއް ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފައިވާ ތަނެކެވެ. އެގޮތުން ލިންކްރޯޑްގައި މަޑުކޮށްފައި ނުވަތަ ޕާރްކްކޮށްފައި އޮތް އުޅަނދެއްގައި ޖެހިގެން ރޭގަނޑުގެ ވަގުތެއްގައި މަރުވި ތިންވަނަ މީހާއަށް މިނުރައްކާތެރި އެކްސިޑެންޓް ވީހިނދު، އެކްސިޑެންޓްތަށް ހިނގަން މެދުވެރިވާ އެންމެ ބޮޑު އެއްސަބަބަކީ ރޭގަނޑުގެ ވަގުތުތަކުގައި އެމަގުތަށް އަނދިރިވުމާއި، ޕާރކިންގް ސްލޮޓްތަށް ހެދިފައި ނޯންނައިރުވެސް މަގުމަތީގައި ޕާރކް ކުރުމެވެ.
މިއެކްސިޑެންޓްއާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއްނުވެއެވެ. ނަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގެއް ކުރިއަށްގެންދާ ކަމަށް ވެއެވެ.
މަގުމަތީގެ މިފަދަ ނުރައްކާތެރި އެކްސިޑެންޓްތަށް މަދުކުރުމަށް ކޮންމެ މީހަކުވެސް މަގުމަތީގެ އަދަބުތަކަށް ކަމޭހިތުމަކީ މުހިއްމުކަމެކެވެ.
ގުޅުންހުރި

ދެ ކާރު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ގަމު "ޕަރީ ފެންގަނޑު"ބެލުމަށް ތަރައްޤީކުރި ހާއްސަ ޕްލެޓްފޯމް އާއްމުންނަށް ހުޅުވާލައިފި
.webp&w=3840&q=75)
ހަފްތާއެއްގެ ތެރޭގައި މާލެ، ބުރިޖު އަދި ހައިވޭގައި 56 އެކްސިޑެންޓް ހިނގައިފައިވޭ




