logoEN
cocacola
އާރުޓީއެލްގެ ހިދުމަތް ޖުލައި މަހު ހުވަދޫގައި ފެށޭނެ - މިނިސްޓަރ

އާރުޓީއެލްގެ ހިދުމަތް ޖުލައި މަހު ހުވަދޫގައި ފެށޭނެ - މިނިސްޓަރ

އަލްފާ އަލީ

logo

5/23/2023, 4:45:33 PM

# އެމްޓީސީސީ# ހުވަދޫ އަތޮޅު# އާރުޓީއެލް

rtl

އިންޓަގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކް - ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް އަންނަ ޖުލައި މަހު ހުވަދު އަތޮޅުގައި ފެށޭނެ ކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގެމަނަފުށި ދާއިރާގެ މެންބަރު އަހުމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ހުވަދު އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަސްލަމް ވިދާޅުވީ، ހުވަދު އަތޮޅުގައި އާރުޓީއެލް ހިދުމަތް ފަށައިގަންނާނީ 6 އުޅަނދާއެކު ކަމަށާއި، ޖުލައި މަސް ނިމެން ވާއިރަށް 8 އުޅަނދު ހުވަދު އަތޮޅުގެ އާރުޓީއެލް އޮޕަރޭޝަނުގައި ބޭނުން ކުރާނެ ކަމަށެވެ.

އާރުޓީއެލް ހިދުމަތް ދެމުން އަންނަ އެމްޓީސީސީން މިހާރު ވަނީ ހުވަދޫ އޮޕަރޭޝަނަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިއުލާނުވެސް ކޮށްފައެވެ. އަދި ހުވަދު އަތޮޅުގައި މި ހިދުމަށް ފެށުމުގެ ގޮތުން، އާއްމުންނާއި ކައުންސިލްތަކުގެ ހިޔާލުވެސް ޕްލޭނިންގ މިނިސްޓްރީއާއި އެމްޓީސީސީން ވަނީ ހޯދާފައެވެ.

ހުވަދު އަތޮޅުގައި މީހުން ދިރިއުޅޭ 19 ރަށް އޮންނަ އިރު، އެ އަތޮޅުގައި އާރްޓީއެލް ހިދުމަތް ދިނުމަށް ނިންމާފައިވަނީ، މައިގަނޑު 7 ރޫޓަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި ކޫއްޑޫ، ކާޑެއްދޫ އެއަރޕޯޓަށް ޚާއްޞަ ރޫޓު ހިމެނެއެވެ.

ހުވަދުއަތޮޅުގައި އާރްޓީއެލް ދަތުރުތައް ފަށާއިރު، 6 ސްޕީޑް ފެރީ ބޭނުންކުރުމަށް ނިންމާފައިވާއިރު، ހިދުމަތް ފުރިހަމަވެގެންދާއިރު އެއަތޮޅުގައި ޖުމްލަ 9 ސްޕީޑް ފެރީ ބޭނުންކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތަކީ، ދަތުރުފަތުރުގެ ފަސޭހަ ނިޒާމަކުން ރާއްޖޭގެ ރަށްތަށް ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދަވާ މުހިންމު އެއް މަޝްރޫޢުއެވެ. މިހާތަނަށް ހއ، ހދ، ށ އަދި ޅ އަތޮޅުގެ ޖުމްލަ 46 ރަށެއް ވަނީ ފެރީ ނިޒާމުން ގުޅާލާފައެވެ.

ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ ހުވަދު އަތޮޅުގައި މި ހިދުމަތް ފެށުމަށެވެ. އެގޮތުން އަންނަ ޖުލައި މަހު ކުރީ ކޮޅުގައި ހުވަދު އަތޮޅުގައި އެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ ބުނެފައެވެ. ހުވަދު އަތޮޅުގައި ހިދުމަތް ދިނުމަށް ބޭނުންކުރާނެ ބައެއް ސްޕީޑްފެރީތައް ވަނީ ބަދެ ނިންމާފައ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ