
އެތެރެހަށީގެ އަދި ކަރުންމަތީގެ ހާއްސަ ޑޮކްޓަރުން ވައިޓަލްކެއާ ހުވަދޫއަށް!
# ހުވަދޫ# ވައިޓަލް ކެއާ# ވައިޓަލް ކެއާ ހުވަދޫAMN_0402
އެތެރެހަށީގެ ބަލިތަކަށް އަދި ކަރުންމަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ވައިޓަލް ކެއާ ހުވަދޫގައި ބަލިމީހުން ބަލާގޮތަށް ހަމަޖެހިއްޖެ އެވެ.

ވައިޓަލް ކެއާއިން މައުލޫމާތު ދޭގޮތުގައި، އެތެރެހަށީގެ ބަލިތަކަށް އެ ކްލިނިކުގައި ފަރުވާދެއްވާނީ، ޑރ. މުޙައްމަދު މުތުއިމް އެވެ. އަދި ކަރުންމަތީގެ ބަލިތަކަށް ފަރުވާދެއްވާނީ ޑރ. ތޫހާ ސައީދު އެވެ.
ވައިޓަލް ކެއާ އިން ބުނެފައިވާ ގޮތުގައި، މި ދެ ޑޮކްޓަރުންވެސް ވައިޓަލްކެއާ ހުވަދޫގައި ބަލިމީހުން ބައްލަވާނީ މެއި މަހު 25 - 26 އަށެވެ.އެހެންކަމުން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން 7341315 ނަންބަރަށް ގުޅުއްވުމަށް ވައިޓަލް ކެއާ ހުވަދޫ އިން ވަނީ އެދިލައްވާފާއެވެ.
ގދ. ތިނަދޫގައި ހުޅުވާފައިވާ ވައިޓަލް ކެއާ ހުވަދޫ ކްލިނިކް ހުންނާނީ އޯކިޑު މަގު ހެޕީ ސައިޑް ގައެވެ.
ވައިޓަލް ކެއަރ އިން އަންނަނީ ހުވަދޫގެ އިތުރުން މާލެ އާއި ކުޅުދުއްފުށީގައި ޑެންޓަލް، މަލްޓިސްޕެޝަލިޓީ ޑޮކްޓަރުންގެ ހިދުމަތް، ލެބޯޓަރީ އަދި ފާމަސީގެ ހިދުމަތާއެކު ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދެމުންނެވެ.
ގުޅުންހުރި

ކުރިޔަށް އޮތް 3 ދުވަހު ދަތުގެ ނަރުގަނޑު އެޅުވުމުގެ ޚާއްސަ، ސްޕެޝަލިސްޓެއް ވައިޓަލްކެއާ ހުވަދޫގައި ބަލި މީހުން ބައްލަވާނެ!

އެތެރެހަށީގެ, ކަރުންމަތީގެ އަދި ނަރުގަނޑު އެޅުވުމުގެ ހާއްސަ ޑޮކްޓަރުން ވައިޓަލް ކެއާ ހުވަދޫއަށް!

ވައިޓަލްކެއަރ ހުވަދޫއަށް އޮޕަރޭޝަންސް އޮފިސަރަކު ހޯދަނީ
