
White Alert
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ނ . އަތޮޅުން ފެށިގެން ށ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 9:00 އިން ފެށިގެން 15:00އަށެވެ.
އެއިދާރާއިން ލަފާކޮށްފައިވާ ގޮތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް ހުޅަނގު މޫސުން ފެށި، މި ދުވަސްތަކަކީ މޫސުން ގޯސްދުވަސްތަކެއް ކަމުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.