
Yellow Alert
މޫސުންގޯސްވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން، ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:00 އިން 12:00 އާ ހަމައަށެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި އެސަރަހައްދަށް ސަމާލު ނެރެފައިވާ މުއްދަތުގައި ބާރަސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.
މިއަދުގެ މޫސުމަށް ބަލާއިިރުވެސް، ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން ވެސް މަނާ ވާނެއެވެ.