
އުދުހިފައިދާ ގާދޫންޏެއްގެ ބުރަކަށިމަތީގައި އެހެން ގާދޫންޏެއް އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް
Screenshot 2023-03-25 at 14.43.40
އުދުހިފައިދާ ގާދޫންޏެއްގެ ބުރަކަށި މަތީގައި އެހެން ގާދޫންޏެއް އިށީންދެގެން އިންނަ މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ އެވީޑިއޯގައި ފެންނަނީ އުދުހެމުންދާ ގާދޫނި ފިޔަޖަހާލުމެއް ނެތި އުދުހެމުންދާއިރު އަނެއް ގާދޫނި އޭގެ ބުރަކަށިމަތީގައި އިށީނދެގެން އިންނަ މަންޒަރެވެ.
މިވީޑިއޯއަށް މިހާތަނަށް 2 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު، އެތައް ބަޔަކު ރީޓްވީޓް ކޮށްފައިވެއެވެ.