
63924216-CCDD-409E-B5B2-18C2215A13B7
މަސް ކިރުމުގެ ކެޕޭސިޓީ އިރުތު ކުރުމުގެ ގޮތުން މިފްކޯއިން ގަނެފައިވަނީ ދުވާލަކު 120 މެޓްރިކް ޓަނުގެ މަސްގަނެ ފިނިކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ.

މިގޮތުން މިފްކަަޮއަށް އަލަށް އިތުރުކުރާ 4 ބޯޓުގެ ތެރެއިން، ފުރަތަމަ ބޯޓު އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަންނާނެކަމަށް މިފްކޯއިން ވަނީ ބުނެފިއެވެ. އެ ބޯޓު ކޮރެއާއިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ނަމަވެސް އެ ބޯޓު ރާއްޖެ އާދެވޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 6 ނުވަތަ 7 ވަނަ ދުވަހުކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
އިތުރަށް މިފްކޯއިން ހާމަކޮށްފައިވާގޮތުގައި "ޖަޒީރާ 103" ބޯޓަކީ ފަސޭހަކަމާއެކު ބޯޓްގެ ދެ ފަރާތުން އެއްފަހަރާ މަސްކިރޭގޮތަށް 2 ކްރޭން ހަރުކޮށް ހަދާފައިވާ ބޯޓެއްކަމަށެވެ.
މީގެ އިތުރުން ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ސްޓޯކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެއްކަމަށްވެސް މިފްކޯއިން މައުލޫމާތުދެއެވެ.
މިފްކޯއަށް ގެންނަން ހަމަޖެހިފައިވާ އަނެއް ތިންބޯޓުވެސް މިހާރު ވަނީ ރަޖިސްޓްރީކޮށް ނިންމައި، ތައިލޭންޑުގައި ބަނދަރުކޮށްފައިވާކަމަށާއި މަސްކިރުމުގެ ކަންކަން ފަސޭހަކުރުމަށްޓަކައި ގެންނަންޖެހޭ ބައެއް ބަދަލުތައް ބޯޓަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިފްކޯއިން މައުލޫމާތުދެއެވެ. ފާހަގަކޮށްލެވޭގޮތުގައި، މިއިން ކޮންމެ ބޯޓެއްގައި ދުވާލަކު 60 ޓަނުގެ މަސް ގަނެވޭނެ ކެޕޭސިޓީ ހުންނާނެއެވެ.
މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގަ މިހާރު ހުރި ގޮންޖެހުންތަޢް ހައްލު ކުރުމުގެ އިތުރުން މި ސިނާއަތަށް ހެޔޮ ބަދަލެއް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ކުންފުނިން މައުލޫމާތުދެއެވެ.
ގުޅުންހުރި

ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް އެންސީއެސް އަދި މިފްކޯ އިން މަޝްވަރާކޮއްފި
.webp&w=3840&q=75)
އަންގާރަ ދުވަހުން ފެށިގެން ސަރުކާރުން ހަދިޔާކުރާ މަސްކޭސް މާލޭގައި ދޫކުރާނީ މިފްކޯގެ މަސްފިހާރަތަކުން!

މިފްކޯގެ އައު ސީއީއޯއަކަށް ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު
