logoEN
ކޮކާކޯލާ
ފާންތެލެ ޝޯވ މިއަހަރުވެސް އޮންނާނެ، މެއިން ސްޕޮންސަރަކީ ޖެނުއިން އިލެކްޓްރޯނިކްސް!

ފާންތެލެ ޝޯވ މިއަހަރުވެސް އޮންނާނެ، މެއިން ސްޕޮންސަރަކީ ޖެނުއިން އިލެކްޓްރޯނިކްސް!

# ޖެނުއިން އިލެކްޓްރޯނިކްސް# ފާންތެލެ

E364FFDD-00A6-4383-9BA0-560A4D39B3F5

ކޮންމެ އަހަރެއްގެ ރޯދަމަހުވެސް ގާފު އޮންލައިނުން ގެނެސްދޭ "ފާންތެލެ" ޝޯވ މިއަހަރުވެސް ގެނެސްދޭން ނިންމައިފިއެވެ. މިއަހަރުގެ ޝޯވގެ މެއިން ސްޕޮންސަރ އަކީ ޖެނުއިން އިލެކްޓްރޯނިކްސް އެވެ.

އަބުޅޯ

ފާންތެލެ ޝޯވ އަކީ ސްޓޫޑިއޯ33 އާއި ގާފު އޮންލައިން ގުޅިގެން ގެނެސްދޭ ސްޓްރީޓް ޝޯވ އެކެވެ. މިއަހަރުގެ ޝޯވ އާ ގުޅޭ ގޮތުން ގާފު މީޑިއާ ގްރޫޕުގެ ޗީފް ޓެކްނިކަލް އޮފިސަރ، އަދި ޕްރޮޑަކްޝަން ހެޑް، ޝަޖާއަތު އަޙްމަދު ވިދާޅުވީ މިއަހަރުގެ ޝޯވ، މިދިޔަ އަހަރާ ވަރަށް ބޮޑުތަނުން ތަފާތުވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޝޯވ ބެއްލެވި ފަރާތްތަކުގެ ކޮމެންޓްތައް ބަލައިގަނެ، ޝޯވ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން މިއަހަރުގެ ޝޯވގައި އިތުރު ސެގްމަންޓްތަކެއް ގެނެސްދޭން މިވަނީ ނިންމާފަ. --- ގާފު މީޑިއާ ގްރޫޕުގެ ޗީފް ޓެކްނިކަލް އޮފިސަރ، އަދި ޕްރޮޑަކްޝަން ހެޑް، ޝަޖާއަތު

ޝަޖާއަތު ވިދާޅުވި ގޮތުގައި އިތުރުކުރާ ސެގްމަންޓަކީ "ހޭލުންތެރިކުރުވުމުގެ" ސެގްމަންޓްތަކެކެވެ. އޭގެ ތެރޭގައި ރޯދަމަހު ރޯދައަށް ހުރުމުގައި ސިއްޙީ ގޮތުން ސަމާލުކަން ދޭން ޖެހޭ ކަންކަމާއި، އިޖްތިމާއީ ގޮތުން ގެންގުޅެވޭ ނޭދެވޭ އާދަކާދަތަކަށް އަލި އަޅުވައި، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އާންމުން ހޭލުންތެރިކުރުވުމުގެ މެސެޖުތަކެއް ގެނެސްދެވޭނެ އެވެ.

ހޭލުންތެރިކުރުވުމުގެ ސެގްމަންޓުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓާ ގުޅިގެންނެވެ.

މިއަހަރުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ސްޓޫޑިއޯ33 ގެ ފައުންޑަރ، ނައުފަލް ނަސީމް ވިދާޅުވީ މިއަހަރުގެ ޕްރޮގްރާމް ހުރިހާ ގޮތަކުންވެސް ޚާއްސަވެފައި ތަފާތުވާނެ ކަމަށެވެ. އެގޮތުން މިއަހަރުގެ ޕްރޮގްރާމްގައި ބެލުންތެރިން ބޭނުންވާނެ ފަދަ މަންޒަރުތަކާއި ސެގްމަންޓްތަކެއް ޝޯއިން ފެނިގެންދާނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ނައުފަލް ވިދާޅުވިއެވެ.

ނައުފަލް ވިދާޅުވި ގޮތުގައި މިއަހަރުގެ ޝޯގައި ޖުމްލަ ފަސް އެޕިސޯޑު ގެނެސްދޭނެ ކަމަށާއި، އޭގެ ތެރޭގައި ރޯދައިގެ ކުރިން ދޫކޮށްލާ، ޕްރީޝޯވ މިމަހުގެ 19 ވަނަ ދުވަހު ގާފުގެ ފޭސްބުކް ޕޭޖަށް ދޫކޮށްލާނެ ކަމަށެވެ. އެއަަށްފަހު ރޯދަ މަހުގެ ކޮންމެ އާދީއްތަ ދުވަހެއްގެ ހަވީރު 17:30 ގައިި ފާންތެލެގެ އެޕިސޯޑެއް ދޫކޮށްލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޝޯވ އެކޭ އެއްގޮތަށް މިއަހަރުގެ ޝޯއަށް ކަނޑައަޅާފައިވާ ގްރޭންޑް ޕްރައިޒްގެ އިތުރުން، ޝޯގެ ކޮންމެ އެޕިސޯޑެއްގައި ބައިވެރިވިޔަސް އެކި އިނާމްތައް ލިބިގެންދާނެ އެވެ.

ފާންތެލެގެ ފުރަތަމަ އެޕިސޯޑު މިއަހަރު ޚާއްސަކޮށްފައިވަނީ ގދ. ތިނަދޫގެ ގޭބިސީތަކުން ރޯދައަށް ވާ ތައްޔާރީތަކުގެ މައްޗަށެވެ. ޝޯވގެ 5 އެޕިސޯޯޑުގެ ތެރެއިން (ޕްރީޝޯވ ހިމަނައިގެން) 2 ޝޯވް ތިނަދޫގައި ޝޫޓްކުރުމަށް ހަމަޖެހިފައިވާއިރު، އިތުރު 2 ޝޯވ އެއް އަތޮޅު ތެރޭގެ ދެ ރަށެއްގައި ޝޫޓްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލޭގައި އެއް ޝޯވ ކުރިއަށް ދާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ