
0906C5B9-DEE1-44C0-A958-749DB3DAE914
ފަރެސްމާތޮޑާ އެއަރޕޯޓްގެ ޓެސްޓް ފްލައިޓް ޖެއްސުން އަންނަ ހޯމަދުވަހަށް ތާވަލުކޮށްފިއެވެ.

ފަރެސްމާތޮޑާއަށް ޖައްސާ ޓެސްޓް ފްލައިޓް އޮންނާނީ ހޯމަދުވަހު ހަވީރުއެވެ. ޓެސްޓް ފްލައިޓް ދަތުރަށް ބޭނުންކުރާނީ ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ބޯޓެކެވެ.
ފަރެސްމާތޮޑާ އެއަރޕޯޓްގައި ޤާއިމުކޮށްފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. މި މަޝްރޫޢުގެ ދަށުން ރަންވޭގެ އިތުރަށް ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިން އިމާރާތް ވަނީ ތަރައްޤީކޮށްފައެވެ. މިއެއަރޕޯޓްގެ ފަޔަރ ބިލްޑިންގއާއި، ރަންވޭއާއި، ޓަރމިނަލްގެއިތުރުން އެއަރޕޯޓް ލައިޓް ހަރުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.
މިހާރު ކުރިއަށްދަނީ ފެންސް ޖެހުމުގެ މަސައްކަތާއި އެއަރޕޯޓް ސަރަޙައްދާއި ފަރެސްމާތޮޑާ ގުޅާލުމަށް ހަދާ ކޯޒްވޭގެ މަސައްކަތްކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މިމަސައްކަތަށް ޖުމްލަ 114.8 މިލިއަން ރުފިޔާ ހަރަދުވެއެވެ.
ފަރެސްމާތޮޑާ އެއާޕޯޓަކީ މި ސަރުކާރުން ނޮވެމްބަރު 2020 ގައި އެމްޓީސީސީ އާއި ހަވާލުކޮށްގެން ތަރައްޤީކުރަމުންދާ އެއާޕޯޓެކެވެ.