ފެބްރުއަރީ 3 ވަނަ ދުވަހު ގދ. ތިނަދޫގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާއިރު މިހާތަނަށް 165 ފަރާތަކަށް ވެކްސިން ދީފައިވާކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.
ދެ ދުވަސް ތެރޭގައި ޖުމްލަ 165 ފަރާތަކަށް ދެވުނު ކަމަށް ވިޔަސް، ތަފާތު ސަބަބުތަކާއި އެކު ވެކްސިން ޖެހުން ވަނީ މެނދުކަނޑާލާފައެވެ. ވެކްސިން ދިނުން އަލުން ފެއްޓުމަށް ހަަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ.
އަދި ތިނަދޫ މޮނީޓަރިންގ ހާލަތައް ލުމުން ވެކްސިން ދިނުމަށް ހުރަސްތަކެއް އެޅި، ވެކްސިން ދިނުން ވަނީ ފުރަތަމަ 2 ދުވަހަށްފަހު ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ.
މެދުކެނޑުމަކަށްފަހު މިއަދު ތިނަދޫގައި ވެކްސިންދޭން ފަށާއިރު، ވެކްސިން ދޭނީ ހޮސްޕިޓަލްގެ ފްރަންޓްލައިންގައި މަސައްކަތް ކުރަމުންދާ ބޭފުޅުންނާއި، އެސްޓީއޯ ފާމަސީގެ މުވައްޒަފުންނަށެވެ.
Post Views: 280