logoEN
cocacola
ސްޓޫޑެންޓް ލޯނު 393 ދަރިވަރަކަށް

ސްޓޫޑެންޓް ލޯނު 393 ދަރިވަރަކަށް

އަލްފާ އަލީ

logo

5/16/2022, 5:32:04 PM

# ހަޔަރ އެޑިއުކޭޝަން މިނިސްޓަރ# ސްޓޫޑެންޓް ލޯން

FB_IMG_1562835670529

ސްޓޫޑެންޓް ލޯން 393 ދަރިވަރަކަށް ލިބިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ސްޓޫޑެންޓް ލޯންގެ ވަގުތީ ލިސްޓް އާއްމުކުރައްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ލޯނު ދެނީ ރާއްޖެއަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ކިޔެވުމަށްކަމަށެވެ. އެހެންކަމުން އެއް ދާއިރާއަކަށް ގިނަ ޖާގަ ޚާއްސަކުރުމަކީ އިންސާފަކަށް ނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހެދެން ހުރި ކޯސްތަކަށް މލޯންގެ ފުރުސަތު ނުދޭކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ކަން މިހެން ހުރި ނަމަވެސް ރާއްޖެއަށް އެދާއިރާއަކުން މީހުން ބޭނުންވާ މިންވަރުގެ މުހިންމު ކަމަށް ބަލައި ޚާއްސަ އުސޫލެއްގެ ތެރެއިން ބައެއް ކޯސްތަކަށް ފުރުސަތު ދެއްވާފައިވާ ކަމަށެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ވަނީ އެކި ދާއިރާތަކުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް 720 ފުރުސަތު ހުޅުވާލާފައެވެ. މިލޯނު އެދި 1،000 ދަރިވަރުން ކުރިމަތިލާފައިވާއިރު އޭގެ ތެރެއިން ލޯނު ލިބުނީ 393 ދަރިވަރުންނަށެވެ.

މަތީ ތައުލީމްގެ ލޯނުގައި ޕައިލެޓްކަން ކިޔަވަން ސަރުކާރުން ހާއްސަކުރި 10 ޖާގަ އަށް 250 އަށްވުރެ ގިނަ ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. އަދި އެމްބީބީއެސް ކިޔަވަން ރިޒާވްކުރި 25 ޖާގައަށް 129 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މީގެ އިތުރުން ޕީއެޗްޑީ ހަދަން ހާއްސަކުރި ފަސް ފުރުސަތަށްވެސް 31 މީހުން ކުރިމަތިލާފައިވެއެވެ.

ސަރުކާރުން މަތީ ތައުލީމް ހާސިލްކުރުމަށް ސްޓޫޑެން ލޯން ހަމަޖައްސަވައިދެއްވަމުން އަންނައިރު ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުވެސް އަންނަނީ ފަހިކޮށްދެމުންނެވެ. ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވާދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ރިޔާސީ ވަޢުދެކެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ދަރިވަރުންނަށް ހިލޭ ޑިގްރީ ފުރުޞަތުތައް ފަހިކުރަމުން ގޮސް 2023ގެ ނިޔަލަށް 5000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ޤައުމު ބިނާކުރުމަށް ނުކުންނާނެކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ