logoEN
cocacola
ސްޓޫޑެންޓް ލޯނަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

ސްޓޫޑެންޓް ލޯނަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

އަހުމަދު ޝުރާއު

logo

4/24/2024, 6:45:05 PM

# ސްޓޫޑެންޓް ލޯން

ދަރިވަރުން

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުޞަތް ފަހިވާ ސްޓޫޑެންޓް ލޯނަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ގޮސިޔާ

ހަޔާ އެޑީއުކޭޝަން މިނިސްޓްރީއިން ބުނީ މަތީ ތަޢުލީމާއި ތަމްރީން ހޯދަން ސަރުކާރުން ދޭ ލޯނަށް އެދި އެޕްލިކޭޟަން ހުށައެޅުމުގެ މުއްދަތަށް 7 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. މިއާއި އެކު އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2 މޭ ވާ ބުރާސްފަތި ދުވަހެވެ.

މިފަހަރުގެ ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހިމެނޭހެން 500 ފުރުޞަތު ހުޅުވާލާފައިވެއެވެ.

View post on Twitter

މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓަރސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް ފުރުޞަތު ހުޅުވާލާފައިވެއެވެ. އަދި ރާއްޖެއިން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ފުރުސަތު ހުޅުވާލާފައި ވެއެވެެ.

ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާއި އެ ފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމަށް ފުރުޞަތު ހުޅުވާލާފައިވެއެވެ.

ސަރުކާރުން ވަނީ މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެއިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށްވެސް ފުރުޞަތު ހުޅުވާލާފައިވެއެވެ.

ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަށް ފަރާތްތަކަށް ހާއްސަކޮށް ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަށް ފުރުޞަތު ހުޅުވާލާފައިވެއެވެ.

ލޯނަށް އެދި ފޯމް ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ