logoEN
cocacola
ސްޓޫޑެންޓް ލޯން ސްކީމަށް ކުރިމަތިލާން ހުޅުވާލައިފި, މިއަހަރު 500 ފުރުސަތު!

ސްޓޫޑެންޓް ލޯން ސްކީމަށް ކުރިމަތިލާން ހުޅުވާލައިފި, މިއަހަރު 500 ފުރުސަތު!

އަހުމަދު ޝުރާއު

logo

2/29/2024, 8:44:41 AM

# ހަޔާ އެޑިއުކޭޝަން މިނިސްޓްރީ# ސްޓޫޑެންޓް ލޯން

ހަޔާ އެޑިއުކޭޝަން ލޯން ސްކީމް 2024

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުޞަތް ފަހިވާ ސްޓޫޑެންޓް ލޯނުގެ މިއަހަރުގެ ބުރު އިޢުލާންކޮށްފިއެވެ.

ގޮސިޔާ

މިފަހަރުގެ ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހިމެނޭހެން 500 ފުރުޞަތު ހުޅުވާލާފައިވެއެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާ ކުރުމަށް ފަސް އަހަރަށް ބަހާލައިގެން ސަރުކާރުން ރާވާފައިވާ ކަމަށެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިސްކަންދީފައި ވުމެވެ.

މިއަދު ހުޅުވާލި އެ ލޯނުގެ ފުރުސަތުތަކާ އެކު ލޯނަށް އެދުމުގެ އުސޫލު ވެސް ވަނީ އާންމު ކޮށްފަ އެވެ.

މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓަރސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް ފުރުޞަތު ހުޅުވާލާފައިވެއެވެ. އަދި ރާއްޖެއިން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ފުރުސަތު ހުޅުވާލާފައި ވެއެވެެ.

ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާއި އެ ފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމަށް ފުރުޞަތު ހުޅުވާލާފައިވެއެވެ.

ސަރުކާރުން ވަނީ މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެއިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށްވެސް ފުރުޞަތު ހުޅުވާލާފައިވެއެވެ.

View post on Twitter

ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަށް ފަރާތްތަކަށް ހާއްސަކޮށް ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަށް ފުރުޞަތު ހުޅުވާލާފައިވެއެވެ..

ލޯނަށް އެދި ފޯމް ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށެވެ.

21 މާރޗު 2024ގެ ނިޔަލަށް ހުށަހަޅާ އެޕްލިކޭޝަން މިނިސްޓްރީން ބެލުމަށްފަހު ރަގަޅު ކުރަންޖެހޭނަމަ، އެކަން އަންގައި ރަގަޅު ކުރުމަށް ފުރުޞަތު ދެވޭނެއެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 25 އޭޕްރިލް 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.

ސަރުކާރުން ކުރިއަށްގެންދާ ސްޓޫޑެންޓް ލޯނު ސްކީމަކީ ސަރުކާރުގެ އެހީގައި ލޯނު ދީގެން އެތައް ދަރިވަރުންނަށް މަތީ ތައުލީމް ހޯދައިދިނުމަށް މަގުފަހިކޮށްދޭ ސްކީމެކެވެ. މި ސްކީމްގެ ދަށުން މިހާރުވެސް ގިނަ ދަރިވަރުންތަކެއް އަންނަނީ ތައުލީމް ހާސިލުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ