logoEN
cocacola
ސުންގަޑި ހަމަވި އިރު ސްޓޯޑެންޓް ލޯނަށް 1709 ފަރާތަކުން އެޕްލިކޭޝަން ފޯމް ހުށަހެޅި!

ސުންގަޑި ހަމަވި އިރު ސްޓޯޑެންޓް ލޯނަށް 1709 ފަރާތަކުން އެޕްލިކޭޝަން ފޯމް ހުށަހެޅި!

އަހުމަދު ޝުރާއު

logo

5/2/2024, 11:15:35 AM

# ސްޓޫޑެންޓް ލޯން

މަތީތައުލީމް ހާސިލުކުރި ދަރިވަރުންތަކެއް

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުޞަތް ފަހިވާ ސްޓޫޑެންޓް ލޯނަށް ހުށަހެޅުމުގެ ސުންގަޑި ހުށަހެޅި އިރު 1700 އަށްވުރެ ގިނަ ފަރާތުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ.

ގޮސިޔާ

އެމިނިސްޓްރީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް 29 ފެބުރުވަރީ 2024 ގައި ހުޅުވާލި ފުރުޞަތުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި މިއަދު (2 މެއި 2024) 13:30 ގައި ހަމަވެފައިވާ ކަމަށެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު 1709 ފަރާތަކުން އެޕްލިކޭޝަން ފޯމް ހުށަހަޅާފައިވާ ކަމަށް އެމިނިސްޓްރީއިން ވަނީ ބުނެފައި އެވެ.

އަދި ދެން އޮންނާނީ އެ 1709 އެޕްލިކޭޝަން ފޯމު ބަލައި ޗެކުރުމުގެ މަސައްކަތް ކަމަށްވެސް އެމިނިސްޓްރީއިން ބުނެއެވެ.

View post on Twitter

ލޯނަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވި އިރު ރައީސް މުއިއްޒު ވަނީ މިއަހަރުގެ ލޯނަށް އެދި ހުށަހަޅާ ކުދިންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ލޯން ދިނުމަށް ނިންމަވާފައި އެވެ. މިނިންމުން ނިންމުމުގެ ކުރިން މިފަހަރުގެ ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހިމެނޭހެން ފުރަތަމަ ސަރުކާރުން ހުޅުވާލީ 500 ފުރުޞަތު ދިނުމަށެވެ.

މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓަރސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް ފުރުޞަތު ހުޅުވާލާފައިވެއެވެ. އަދި ރާއްޖެއިން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ފުރުސަތު ހުޅުވާލާފައި ވެއެވެެ.

ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާއި އެ ފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމަށް ފުރުޞަތު ހުޅުވާލާފައިވެއެވެ.

ސަރުކާރުން ވަނީ މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެއިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށްވެސް ފުރުޞަތު ހުޅުވާލާފައިވެއެވެ.

ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަށް ފަރާތްތަކަށް ހާއްސަކޮށް ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަށް ފުރުޞަތު ހުޅުވާލާފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ