logoEN
cocacola
ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 34,400 އަށްވުރެ މައްޗަށް!

ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 34,400 އަށްވުރެ މައްޗަށް!

އަހުމަދު ޝުރާއު

logo

4/19/2024, 5:11:15 PM

# ފަލަސްތީން - އިސްރާއިލް

ޣައްޒާގެ ހާލަތު

7 އޮކްޓޯބަރުން ފެށިގެން ޔަހޫދީ އިސްރާއީލުން ހުއްޓުމެއްނެތި ފަލަސްތީނުގެ ޣައްޒާއަށާއި ހުޅަނދު އައްސޭރީގައި ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ 34,400 އަށްވުރެ މައްޗަށް އަރައިފި އެވެ.

ގޮސިޔާ

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއާއި އިތުރު މަސްދަރުތަކުން އެއްކުރެވުނު މައުލޫމާތައް ރިޔާއަތްކޮށް އަލް ޖަޒީރާއިން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގޮތުގައި މިދިޔަ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި 34,012 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ހަމަލާތަކުގައި މިހާތަނަށް 468 މީހުން ޝަހީދުވެފައިވާއިރު ހުޅަނގު އައްސޭރިއާއި ޣައްޒާ ހިމެނޭހެން ޖުމުލަ 34,480 މީހުން ވަނީ ޝަހީދުވެފައި އެވެ.

ޔަހޫދީން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 13,200 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭކަމަށްވެސް ވަނީ ބުނެފައި އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން 76,833 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު ހުޅަނގު އައްސޭރީން 4,800 މީހުން ވަނީ ޒަހަމްވެފައި އެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި 8،000 އަށްވުރެ ގިނަ މީހުން ވަޅުލެވިފައިވާ ކަމަށް ވެސް އަލްޖަޒީރާއިން ބުނެއެވެ،

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ