logoEN
cocacola
އެންމެ ވޯޓަކުން ފަލަސްތީނަށް އިންސާފުނުލިބޭތީ، ވީޓޯކުރުމުގެ ބާރު އުވާލަން ރާއްޖެއިން ގޮވާލައިފި

އެންމެ ވޯޓަކުން ފަލަސްތީނަށް އިންސާފުނުލިބޭތީ، ވީޓޯކުރުމުގެ ބާރު އުވާލަން ރާއްޖެއިން ގޮވާލައިފި

# ފަލަސްތީން - އިސްރާއިލް# ހައުސިންގ މިނިސްޓްރީ# ޑރ. އަލީ ހައިދަރު

ވަޒީރު ހައިދަރު، އ.ދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ

ޔަހޫދީ ޒަޔަނިސްޓުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓުވައި، ފަލަސްތީނަށް އިންސާފު ނުލިބެނީ އެންމެ ވޯޓަކާ ހުރެ ކަމަށް ވުމުން، ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ގޮސިޔާ

އ.ދގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި އިއްޔެ ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވީ ފަލަސްތީނަށް އިންސާފުނުލިބި، އ.ދގެ ފުރިހަމަ ގައުމަކަށް ނުވެވެނީ އެންމެ ވޯޓެއްގެ ސަބަބުން ކަމަށް ވުމީ ލަދުވެތި ކަމެއް ކަމަށެވެ.

އެގޮތުން ފަލަސްތީނުގައި ޒަޔަނިސްޓުން ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އ.ދގެ ސަލާމަތީ ކައުންސިލު ނުކުޅުދެިފައިވާކަން ފާހަގަ ކުރައްވަމުން ވަޒީރު ވަނީ، ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ގޮވާލައްވާފައެވެ.

ވަޒީރު ވިދާޅުވީ، އިސްރާއިލުން ފަލަސްތީނުގެ ބިންތަކުގައި ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ތާރީޚުގައި ލިޔެވޭނެ ކަމަށާއި، އިސްރާއިލުގެ ހަމަލާތަކުގައި ބިމާ ހަމަވެފައިވާ ފަލަސްތީނުގެ އިމާރާތްތަކުގެ ދަށުން ތުއްތު ކުދިން ސަލާމަތްކުރަމުންދާ މަންޒަރު ފެންނަ ކަމަށެވެ.

އަދި އެ ހާލަތު ނޭނގޭ ކަމަށް ހަދައިގެން ސަލާމަތީ މަޖިލީހުން ތިބުމަކީ އެ މަޖިލިސް ފެއިލްވުން ކަމަށާއި، ވީޓޯ ކުރުމުގެ ބާރު ބޭނުން ކުރަނީ ޒަޔަނިސްޓުންގެ ލާއިންސާނީ ޖަރީމާތަކަށް ހިތްވަރު ދިނުމަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އިސްރާއީލުން ފަލަސްތީނުގެ އިސްތިގުލާލަށް އިހްތިރާމްކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ބިންތައް އަލުން އަނބުރައި އެމީހުންނަށް ހަވާލުކޮށްގެންނެވެ.

ވަޒީރު އެފަދައިން ވިދާޅުވެފައިވަނީ، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ އެދިިވަޑައިގަތުމަކަށް އެކުވެރި ޢަރަބި ޢިމާރަތް (ޔޫއޭއީ) އިސްވެ އޮވެ އ.ދ ގެ ސަލާމަތީ މަޖިލީހަށް، ފަލަސްތީނަށް އިސްރާއިލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ހުއްޓުވުމަށް ގޮވާލައި ހުށަހެޅި ޤަރާރް އެމެރިކާ އިން ވީޓޯ ކުރުމުންނެވެ.

އެ ގަރާރާ އެއްކޮޅަށް ސަލާމަތީ މަޖިލީހުގެ 15 ގައުމެއްގެ ތެރެއިން 13 ގައުމަކުން ވޯޓުދިން އިރު، މި ގަރާރާ ދެކޮޅުހަދައި ވީޓޯ ކުރީ ނިރުބަވެރި އިސްރާއީލީ ދައުލަތަށް ވާގިވެރިވާ އެމެރިކާއިންނެވެ. އެމެރިކާއިން ދަނީ އިސްރާއީލާ ދެކޮޅަށް އ.ދ އަށް ހުށަހެޅޭ އެފަދަ ކޮންމެ ޤަރާރެއް ވެސް ވީޓޯ ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ