logoEN
cocacola
ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 33,600 އަށްވުރެ މައްޗަށް

ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 33,600 އަށްވުރެ މައްޗަށް

އަހުމަދު ޝުރާއު

logo

4/13/2024, 10:59:25 AM

# ފަލަސްތީން - އިސްރާއިލް# ޔަހޫދީ އިސްރާއީލް

ގައްޒާ

ޔަހޫދީ އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 33,600 އިން މައްޗަށް އަރައިފިއެވެ.

ގޮސިޔާ

ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި, މިދިޔަ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ހަމަލާތަކުގައި މިހާތަނަށް 33,686 މީހަކު ވަނީ ޝަހީދުވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް ޔަހޫދީންގެ ހަމަލާތަކުގައި 52 މީހަކު ވަނީ ޝަހީދުވެފައެެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 12,000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި 8,000 އަށްވުރެ ގިނަ އަންހެނުން ހިމެނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި 8,000 އަށްވުރެ ގިނަ މީހުން ވަޅުލެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ހަމަލާތަކުގައި މިހާތަނަށް 76,309 މީހުން ވަނީ ޒަޚަމްވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ