ފަޒީލްއާއި ދުވަހަކުވެސް ދިމާނުކުރަން - އަކްރަމް
'ބިންވެރިޔާ' ސްކީމުގެ ގޯތި ލިސްޓުގައި ނެތް ނަމަވެސް ގޯތި ލިބުނު ކަމުގެ ރަޖިސްޓްރީއެއް ފޯޖުކޮށްގެން ގޯއްޗަކާއި ހަވާލުވިކަމުގެ ތުހުމަތުކުރެވޭ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިއުއެސްއީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުއާ ދުވަހަކުވެސް ބައްދަލުކޮށްފައި ނުވާނެ ކަމަށް ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
12/20/2024, 1:27:40 PM