


.jpeg?w=3840&q=75)





16223756827400
ނެޓްފްލިކްސް އިން "އިސްލާމީ އަދި އިޖުތިމާއީ އަގުތަކާއި އުސޫލުތަކާ" ހިލާފު ކަމަށް ބެލެވޭ ހުރިހާ ކޮންޓެންޓެއް އުނިކުރުމަށް ގަލްފުގެ ގައުމުތަކުން ޑިމާންޑްކޮށްފައިވާ ކަމަށް ސައޫދީ މީޑިއާ ރިޕޯޓުގައި ބުނެފި އެވެ.
ސައުދީ އަރަބިއްޔާ އާއި ގަލްފް ކޯ-އޮޕަރޭޝަން ކައުންސިލްގެ މީޑިއާ ވޮޗްޑޯގްސް އިން ނެރުނު ބަޔާނެއްގައި ވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން ހަދާފައިވާ ބައެއް މެޓީރިއަލްތައް ތަކާއި މެދުވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެޤައުމުގައި އެފަދަ ތަކެތި ކޮންޓެންޑް ސްޓްރީމް ނުކުރަން އިލްތިމާސްކޮށްފައެވެ.
"[ނެޓްފްލިކްސް] އަށް ކޮންޓެކްޓްކޮށް ކުޑަކުދިންނަށް އަމާޒުކޮށް ކޮންޓެންޓް ހިމަނާއިރު އިސްލާމީ ރިވެތި އުސޫލުތަކާއި އިސްލާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިދުމަށް ވާނީ ނަސޭހަތްތެރިވެފަ،" ސައޫދީ ޖެނެރަލް ކޮމިޝަން ފޯ އޯޑިއޯވިޝުއަލް މީޑިއާ އާއި އިލެކްޓްރޯނިކް މީޑިއާ އޮފިޝަލުންގެ ޖީސީސީ ކޮމިޓީގެ ޖޮއިންޓް ސްޓޭޓްމަންޓުގައި ބުނެފައިވެ އެވެ.
އަދި އެ އެންގުންތަކަށް ތަބާވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން އަމަލު ކުރަމުން ގެންދާނެ ކަމަށާއި، "ބްރޯޑްކާސްޓް ކުރުން ތަކުރާރުވާނަމަ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
ނެޓްފްލިކްސްއިން މި ތުހުމަތުތަކަށް އަދި ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.



.jpeg?w=3840&q=75)
