


.jpeg?w=3840&q=75)





213723_fca05836-2_
ހުވަދުއަތޮޅުގެ އެންމެ ރަނގަޅު ރަށު ކައުންސިލަކަށް މަޑަވެލި އަދި ދެއްވަދޫ ކައުންސިލް ހޮވިއްޖެ އެވެ.
ކޮންމެ އަތޮޅަކުންވެސް އެންމެ ރަނގަޅު ކައުސިލްތައް ހޯދައި ލޯކަލް ގަވަމަންޓް އޮތޯރިޓީން ވަނީ ކައުންސިލްތައް ރޭންކު ކޮށްފައެވެ. އެލްޖީއޭއިން ކައުންސިލްތައް ރޭންކު ކޮށްފައިވަނީ ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސްގެ އަށް ބަލައިގެންނެވެ.
2020ވަނަ އަހަރު ގދ. އަތޮޅުން އެންމެ ރަނގަޅު ރަށު ކައުންސިލަކަށް ހޮވިފައިވަނީ ގދ މަޑަވެލި ކައުންސިލް އެވެ. އެއީ ޕާފޯމެންސް އިންޑެކްސް އިން 0.1512 ހޯދައިގެންނެވެ.
ގދ އަތޮޅު ރޭންކިންގ:
ގދ މަޑަވެލި ކައުންސިލް - 0.1512
ގދ ރަތަފަންދޫ ކައުންސިލް - 0.1211
ގދ ހޯނޑެއްދޫ ކައުންސިލް- 0.1147
ގދ ނަޑެއްލާ ކައުންސިލް - 0.1040
ގދ ވާދޫ ކައުންސިލް - 0.0936
ގދ ފަރެސްމާތޮޑާ ކައުންސިލް - 0.0809
ގދ. ގައްދޫ ކައުންސިލް - 0.0715
ގދ. ފިޔޯރީ ކައުންސިލާއި ގދ. ތިނަދޫ ކައުންސިލުން 2020ވަނަ އަހަރުގެ މައުލޫމާތާއި ކިތާބީ ހެކި ހުށަހަޅާފައި ނުވާތީ ރޭންކު ކޮށްފައި ނުވެއެވެ.
2020ވަނަ އަހަރު ޕާފޮމެންސް އިންޑެކްސް އިން 0.1917 ހޯދައި، ގއ. އަތޮޅު ރަށު ކައުންސިލްތަކުން އެއްވަނަ ހޯދީ ދެއްވަދޫ ކައުންސިލުންނެވެ.
ގއ. އަތޮޅު ރޭންކިންގ:
ގއ ދެއްވަދޫ ކައުންސިލް - 0.1917
ގއ ނިލަންދޫ ކައުންސިލް - 0.1678
ގއ ވިލިނގިލީ ކައުންސިލް - 0.1281
ގއ ކޮލަމާފުށި ކައުންސިލް - 0.1000
ގއ ދާންދޫ ކައުންސިލް - 0.0949
ގއ މާމެންދޫ ކައުންސިލް - 0.0783
ގއ އަތޮޅު ރަށުކައުންސިލްތަކުގެ ތެރެއިން 2020ވަނަ އަހަރުގެ މައުލޫމާތާއި ކިތާބީ ހެކި ހުށަހަޅާފައި ނުވާތީ ކަނޑުހުޅުދޫ، ކޮނޑޭ އަދި ގެމަނަފުށި ކައުންސިލް ރޭންކު ކޮށްފައި ނުވެއެވެ.
2020 ވަނަ އަހަރުގެ ކަންގަތި އެވޯޑް ހާސިލްކުރި ކައުންސިލްތައް:
ގަދަހަމާންތި ދަރަޖަ:
ކޮޅުމަޑުލު އަތޮޅު ކައުންސިލް
ފާދިއްޕޮޅު އަތޮޅު ކައުންސިލް
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
ރަނަހަމާންތި ދަރަޖަ:
އަރިއަތޮޅު އުތުރުބުރީ ބޮޑުފުޅުދޫ ކައުންސިލް
ނިލަންދެއަތޮޅު އުތުރުބުރީ ތުރާކުނު ކައުންސިލް
ތިލަދުންމަތީ އިތުރުބުރީ ތުރާކުނު ކައުންސިލް
ލޯކަލް ގަވަމަންޓް އޮތޯރިޓީން ކައުންސިލްތަކަށް ދެމުންއަންނަ "ކަންގަތި އެވޯޑް"އަކީ ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސްގައި، އެންމެ މަތިން މާކްސް ހޯދަމުން އަންނަ ކައުންސިލްތަކަށް ދެމުންދާ އެވޯޑެކެވެ. މި އިންޑެކްސްގައި ބަލާ ކަންކަމުގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ޢަމަލުކުރުމާއި، ކައުންސިލްތަކުގެ ބައިވެރިވުމާއި ޒިމާތައް އަދާކުރުމުގެ މިންގަޑުތަކަށް ބަލައެވެ.



.jpeg?w=3840&q=75)
