.jpg?w=3840&q=75)


.jpg?w=3840&q=75)





maldivian flight
މޯލްޑިވިއަންއިން، ބަންގްލަދޭޝްއަށް ކުރަމުން އަންނަ ދަތުރުތައް އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ.
ބަންގްލަދޭޝްގެ ކޮވިޑް-19 ގެ ހާލަތު ގޯސްވުމާއެކު އެޤައުމުގެ ސަރުކާރުން ބައިނަލްއަޤްވާމީ ފްލައިޓްތައް އެތެރެވުމާއި ބޭރުވުން މަނާކުރުމާ ގުޅިގެން މޯލްޑިވިއަން އިން ބަންގްލަދޭޝްއަށް ކުރަމުން އައި ދަތުރުތައް ވަނީ އޭޕްރިލް 22 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލެވިފައެވެ.
މޯލްޑިވިއަން އިން ދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައި ވަނީ މެއި 5ވާ އަންގާރަ ދުވަހުއެވެ. މޯލްޑިވިއަން އިން ބުނީ އަލުން ދަތުރުތައް ފަށާއިރު ހަފްތާއަކު 3 ދަތުރު ޑާކާއަށް ކުރަމުންދާނެ ކަމަށެވެ.
ބަންގްލަދޭޝްގައި މިހާތަނަށް ޖުމަލް 760،580 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ވަނީ ޖެހިފައެވެ. އަދި މި ބަލީގައި 11،000އަށްވުރެ ގިނަ މީހުން އެޤައުމުން ވަނީ މަރުވެފައެވެ.
.jpg?w=3840&q=75)


.jpg?w=3840&q=75)
.jpg?w=3840&q=75)


.jpg?w=3840&q=75)
